ރައްޔިތުން މިހާ ޖޯޝާ ފޯރީގައި ތިއްބައި، ވޯޓު ފޭރިގަންނާކަށް ނުކެރޭނެ: ޝިދާތާ

ރައްޔިތުން ލާ ވޯޓު ފޭރިގަންނާކަށް އެކަކަށް ވެސް ނުކެރޭނެ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ޗެއާރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.  
ހޯމަ ދުވަހުގެ ރޭ ދ.ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ޝިދާތާ ޝަރީފު ވިދާޅުވީ ވޯޓު ފޭރިގަނެ އޮޅުވާލާނެ ކަމަށް ދެކޭވޭ ވާހަކައިގައި ނުޖެހުމަށް ގޮވާލާ ކަމަށެވެ.  
"ވޯޓު ހިލާ ވަގަށް ނެގިއަކަ ނޫދޭނަން. އަޅުގަނޑުމެން ރައްޔިތުންގެ ވޯޓު ވަގަށް ނެގިޔަކަ ނޫދޭނަން. މުޅި ރާއްޖެއިން ފެންނަނީ އިބޫ ހޮވުމަށް ފޯރާ ޖޯޝުގައި ތިއްބައި. އެގޮތުގައި ތިއްބައި ވޯޓު ފޭރިގަންނާކަށް ނުކެރޭނެ،" ޝިދާތާ ވިދާޅުވި އެވެ.  
ޝިދާތާ ވިދާޅުވީ ހުރިހާ ރަށަކުން ވެސް ފެންނަނީ މިއަދުގެ ވެރިކަން ބަދަލުކުރަން ބޭނުންވެފައިވާތަން ކަމަށާއި އަދި ރައްޔިތުންގެ މެދުގައި އިބޫ އަށް އޮތް ލޮތްބާއި ތާއީދު ކަމަށެވެ. އެކަންކަން އެގޮތަށް ހުރިއިރު ދެން ރައީސް އަބްދުﷲ ޔާމިނަށް ވެރިކަން ދިފާއު ނުކުރެވޭނެ ކަމަށާއި އެކަން ކުރުމަށް ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމް ދިން ހިމާޔަތް ކުރެވޭނީ ރައީސް އަބްދުﷲ ޔާމިން ވެރިކަމުގައި ބަހައްޓައިގެން ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި، ޝިދާތާ ވިދާޅުވީ ބޮޑު ހިލަޖަހައިގެން ދީން ހިމާޔަތް ކުރަން ރައީސް ޔާމިން އުޅެނިކޮށް، އިބޫ ވަނީ އިސްލާމީ ސިޔާސަތު ތަކާއެކު މެނިފެސްޓޯ ހާމަކޮށްފައި ކަމަށެވެ.
"ގައުމަށް ބޭނުމެއް ނުވޭ، އަޅުގަނޑުމެންގެ ގައުމަކަށް ބިރުވެރި ނާމާން ވަގު ސޫރައެއް އަންނާކަށް،" ޝިދާތާ ވިދާޅުވި އެވެ.
އިންތިހާބާ ދެމެދު އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އަދިވެސް ވަރަށް ގިނަ ޕްރޮޖެކްޓްތައް ގެނެސް ބައެއް ވައުދުތަކުގެ މަތިން ހަނދާންވާނެ ކަމަށް ފާހަގަ ކުރައްވައި ޝިދާތާ ވިދާޅުވީ އެހެން ނަމަވެސް ފެންނަނީ ސިވިލް ސަރވިސްގެ މުވައްޒަފުންވެސް ބިރުފަހަނައަޅާފައި ނިކުންނަތަން ކަމަށެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ