ފިޔާޒަށް ހުކުމްކުރިއިރު ގާޒީ އާދަމް އާރިފްގެ މަންމަ ނޫސްވެރިންނާއެކު!

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން އުފުލި އަތްލުމުގެ ދައުވާގެ ހުކުމްކުރުމަށްޓަކައި މައްސަލަ ބެއްލެވި ގާޒީ އާދަމް އާރިފް ކޯޓް ރޫމްގައި ހުންނެވިއިރު، އެ މަނިކުފާނުގެ މަންމާފުޅު ހުންނެވީ ނޫސްވެރިންނާއެކު ކޯޓުން ބޭރުގަ އެވެ.
 
އާދަމް އާރިފްގެ މަންމާފުޅު، އަރީފާ މީގެ ކުރިން އެއްވުމެއްގައި ބައިވެރިއެއް ނުވެ އެވެ.  ނަމަވެސް ކޯޓް ބޭރުގައި އާދީއްތަ ދުވަހު  ނޫސްވެރިންނާއެކު ހުންނެވިއިރު، ޝަރުއީ ދާއިރާއިން ކަންކުރާ ގޮތަށާއި ސިޔާސީ ފަރާތްތަކާމެދު އިއްވާ ހުކުމްތަކާމެދު ހިތްހަމަ ނުޖެހިގެން އާދަމް އާރިފްގެ މަންމާފުޅު ވާހަކަ ދެއްކި އެވެ.
 
ހާއްސަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހުކުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
 
ކްރިމިނަލް ކޯޓް ކައިރިއަށް އެއްވެފައި އޮތް މީހުންނާއެކު އާދަމް އާރިފްގެ މަންމާފުޅު ފޮޓޯ ނަންގަވައި ހެއްދެވި އެވެ. 
 
އާދަމް އާރިފް ނޫސްވެރިންނާއެކު ހުންނެވިއިރު އެއްވެ ތިބި މީހުން ގޮވަމުން ދިޔައީ ފިޔާޒު ނުޖަހާނެ ކަމަށާއި ޝަރުއީ ދާއިރާ މިނިވަންކުރަންޖެހޭ ކަމަށެވެ. އާދަމް އާރިފަށް ވެސް ބައެއް މީހުން ދިޔައީ ފާޑު ކިޔަމުންނެވެ. 
 
ނޮވެމްބަރު 2، 2015 ވަނަ ދުވަހުގެ ރޭ ފިޔާޒު ހައްޔަރުކޮށް، ފުލުހެއްގެ ގައިގައި ޖެހިކަމަށް ބުނެ، އުފުލި އަތްލުމުގެ ދައުވާ ވަނީ ސާބިތު ނުވާ ކަމަށް ކަނޑައަޅައިފަ އެވެ. 
 
 
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ