އެއްޗެއް ގޮއްވާލި މައްސަލާގެ ތަހުގީގު ރައީސް ރަނގަޅަށް ކުރައްވާނެ ޔަގީންކަން އެބަ އޮތް: މައުމޫން

ރައީސްގެ "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގު ރައީސް އަބްދުﷲ ޔާމީން ރަނގަޅަށް ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުކްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.ރައީސް ޔާމީންގެ ދެކަނބަލުން ތިއްބަވަނިކޮށް ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ހާދިސާގެ ތަހުގީގު ރައީސް ޔާމީން ރަނގަޅަށް ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ގައުމުގައި ހަމަޖެހުން ގާއިމްކުރެވޭނެކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށެވެ.Thank you President for briefing me. PPM will remain steadfast in support, confident you will solve the crisis, lead us to further stability— Maumoon Abdul Gayoom (@maumoonagayoom) October 21, 2015
މައުމޫންގެ ޓްވީޓްމީގެ އިތުރުން އެ ހާދިސާގެ މައުލޫމާތު މައުމޫނަށް ދެއްވާފައިވާތީ އެ ޓްވީޓްގައި މައުމޫން ވަނީ ރައީސް އަށް ޝުކުރު ވެސް ދަންނަވައިފަ އެވެ. ޕީޕީއެމް އޮތީ ރައީސް ޔާމީނާ އެކު ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.ރައީސްގެ ލޯންޗްގައި މިދިޔަ މަހުގެ ފަހުކޮޅު އެއްޗެއް ގޮއްވާލުމުގެ ސަބަބުން ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް އަނިޔާވެ، އެކަމަނާއަށް ދަނީ ފަރުވާ ދެމުންނެވެ. އެކަމަނާގެ އިތުރުން ރައީސްގެ ބޮޑީގާޑަކާއި ރައީސްގެ ސެކްރެޓަރީ ފާތިމަތު މުހައްމަދު ސޯލިހަށް ވެސް އަނިޔާވި އެވެ.އެ ހާދިސާ ތަހުގީގުކުރަން އިންކުއަރީ ކޮމިޝަނެއް އެކުލަވާލާފައިވާއިރު މިހާތަނަށް ސިފައިންގެ ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ ތަހުގީގުގައި ނައިބު ރައީސް އަހުމަދު އަދީބާ ގުޅުން އޮންނަ ބައެއް މީހުންނާ ވެސް ސުވާލުކޮށް، ތަންތަނަށް ވަދެފައިވެ އެވެ. އޭގެ ތެރޭގައި އަދީބުގެ އަނބިކަނބަލަކު އުޅުއްވާ ގެއެއްގެ ސީސީޓީވީ ރޭ ވަނީ ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ