ނޫސްވެރިން މިނިވަންކުރަން ގޮވައިލައި ގިނަ ބަޔަކު އެއްވި އިހުތިޖާޖުގައި ފުލުހުންނާ ކުރިމަތިލުމެއް، ބަޔަކު ހައްޔަރު ވެސް ކޮށްފި
ނޫސްވެރިންނަށް ބިރުދެއްކުމާއި ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލުމަށް މާލޭގައި ގިނަ ބަޔަކު އެއްވެ ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުންނާއި އިހުތިޖާޖުގެ ބައިވެރިންގެ ދެމެދުގައި ހަމަނުޖެހުން ހިނގައި، ބަޔަކު ހައްޔަރުކޮށްފިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްނަންގަވައިގެން ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ކައިރިން ފެށި މި އިހުތިޖާޖުގައި ފުލުހުންނާ އެންމެ ފުރަތަމަ ކުރިމަތިލުމެއް ހިނގީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅު ކައިރިންނެވެ. 13 މެއި 2026: ނޫސްވެރިންނަށް ކުރިމަތިކުރުވާ ދަތިތަކާ ދެކޮޅަށް އަޑުއުފުލުމަށް ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުންނާ ކުރިމަތިލުމެއް ހިނގަނީ -- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ އެ ސަރަހައްދުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް، ފަހުން އިހުތިޖާޖުގެ ބައިވެރިން ވަނީ އަނެއްކާވެސް މަޖީދީ މަގަށް ނިކުމެ ހިނގާލުން ކުރިއަށް ގެންގޮސްފައެވެ. މި ހިނގާލުމަށްފަހު އިހުތިޖާޖުގެ ބައިވެރިން މަޑުކޮށްގެން ތިބީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރުއަނގޮޅި ސަރަހައްދުގައެވެ. އެ ވަގުތު އެސްއޯ ފުލުހުންގެ ބޮޑު ފައުޖެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔައިރު، އެކި ފަހަރު މަތިން އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރިއެވެ. ފުލުހުން އެއްވުން ރޫޅާލުމަށް ޓަކައި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެގަތް ވަގުތު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. މި ކުރިމަތިލުންތަކުގެ ތެރޭގައި އިހުތިޖާޖުގެ ބައިވެރިއަކަށް އަނިޔާވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް މީހުން މައުލޫމާތު ދީފައިވެއެވެ. 13 މެއި 2026: ނޫސްވެރިންނަށް ކުރިމަތިކުރުވާ ދަތިތަކާ ދެކޮޅަށް އަޑުއުފުލުމަށް ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުންނާ ކުރިމަތިލުމެއް ހިނގަނީ -- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ މީގެ އިތުރުން، އެއްވުން ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ. ފުލުހުން ބާރުގެ ބޭނުންކޮށް އެއްވުން ރޫޅާލަން މަސައްކަތް ކުރުމާ ގުޅިގެން، އިހުތިޖާޖު ވަނީ މިރެއަށް ނިންމައިލައިފައެވެ. https://sun.mv/221946 މި އިހުތިޖާޖަކީ ހައްޔަރުކޮށްފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ