ނޫސްވެރިން ޖަލަށްލުމަކީ ރާއްޖޭގެ ތަނަވަސްކަމަށް ވެސް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ވެސް ލޮޅުން އަރާނެ ކަމެއް ކަމަށާއި ނޫސްވެރިންގެ ދިފާއުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް ތެދުވެ އިހުތިޖާޖު ކުރާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވާލާ މިރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ނަޝީދު ވަނީ ވަގުތުކޮޅަކަށް ބައިވެރިވެވަޑައިގެންެފަ އެވެ.
ތަފްސީލް - އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އެންމެ މުހިއްމު އެއް ހައްގަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ.
ނޫސްވެރިޔަކު ސުވާލެއް ކުރުމުން އެއަށް ޖަވާބު ނުދީ ނޫސްވެރިޔާ ހައްޔަރުކުރުމަކީ "ރާއްޖޭގެ ތަނަވަސްކަމަށް ވެސް، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަމަށް ނުހަނު ބޮޑު ލޮޅުން އަންނާނެ ކަމެއް" ކަމަށް ނަޝީދު މިރޭ ވިދާޅުވި އެވެ
އެނގުން މުހިންމު - އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކުރީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ.
ނޫސްވެރިން ޖަލަށްލުމަކީ ތަނަވަސްކަމަށް އަސަރުކުރާނެ ކަމެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ