ހައިވޭގައި ޕިކަޕެއް ދަށުވެ، މީހަކު މަރުވެއްޖެ

ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ. 
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއް ދަށުވެގެން ކަމަށެވެ. 
"މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ ނިޔާވެފަ،" ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުންޏެވެ. 
މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 10:12 ހާއިރު އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ