މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ސާބިތުވާ ކަމަށް ނިންމީ ދެ ދައުވާއެކެވެ.
އެ ދެ ދައުވާ ސާބިތުވާ ކަމަށް ނިންމުމަށްފަހު، މައުމޫންގެ މައްޗަށް ކޯޓުން އިއްވީ 12 އަހަރާއި 9 ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ގޭސް މާނުގެ ނަމުން މަޝްހޫރު، މައުމޫންގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވިއިރު 2018 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުވުމާއި އެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ. އޭރު ވެސ އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ، އެ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔައިރު މީޑިއާތަކުގައި ވެސް ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށް ރިޕޯޓުތައް ގެނެސްފަ އެވެ.
މޯލްޑިވްސް ގޭސްގެ ކުރީގެ އެމްޑީ މައުމޫން 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ