ޗައިނާ ފަތުރުވެރިޔަކު އޮޔާ ދަނިކޮށް ފެނިގެން ސަލާމަތްކޮށްފި

ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާގެ ފަތުރުވެރިއަކު ސަލާމަތްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 14:26 އެހާކަންހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފަތުރުވެރިޔާ ފެނިފައިވަނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ދުރަށް އޮޔާ ގޮސްފައި ވަނިކޮށް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މިގޮތުން މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ ”ލޯންޗް 54“ އަށް، ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުުހުން ވަނީ މައުލޫމަތު ދީފައެވެ.
ފުލުހުން ވަނީ އެ ފަތުރުވެރިޔާ ކަނޑުމަތިން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފައެވެ. އަދި ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ