މިއަދު ދާދި ދެންމެއަކު ގާސިމް ރައީސް އޮފީހަށް ވަދެ ވަޑައިގެންނެވި އިރު އިންތިހާބުގައި ކޯލިޝަނަކާ ވަކީ ޖޭޕީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަ ކުރުމަށް ޖޭޕީގެ ކޮންގްރެސްއިން ވަނީ ގާސިމަށް ލަފާދީފައިވެ އެވެ.
އަންނަ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އޮފީހަށް މިއަދު ވަޑައިގެންފި އެވެ. މަޝްވަރާ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމާ ދެ ބޭފުޅުންގެ މެދުގަ އެވެ ނަމަވެސް ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި މަޝްވަރާގެ އެޖެންޑާގައި އޮތް ކަން ކަމެއް މުޅީން ސާފެއް ނުވެ އެވެ. އެކަމަކު މައިގަނޑު މަޝްވަރާއަކީ ރިޔާސީ އިންތިހާބުގައި ދެބޭފުޅުންގެ ވިސްނުން އެއްގޮތް ކުރުން ކަމަށް ވެއެވެ،
މިއަދު ދާދި ދެންމެއަކު ގާސިމް ރައީސް އޮފީހަށް ވަދެ ވަޑައިގެންނެވި އިރު ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ކޯލިޝަނަކާ ވަކިން ޖޭޕީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަ ކުރުމަށް ޖޭޕީގެ ކޮންގްރެސްއިން ވަނީ މިދިއަ ހަފުތާގައި ގާސިމަށް ލަފާދީފައިވެ އެވެ. ޖޭޕީގެ ލަފާ ހިމެނޭ ގަރާރު ކޮންގްރެސްގައި ފާސް ކުރުމުން ގާސިމް ވަނީ އެ ގަރާރު ބަލައިގަންނަ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އެ ގަރާރު ކައުންސިލަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް އޭރު ދެއްވާފައި ވެއެވެ. ގާސިމްގެ އެ އިޝާރާތަކީ ޖުމްހޫރީ ޕާޓީން އިންތިހާބަށް ކެންޑިޑޭޓަކު ނެރުއްވާނެ ކަމުގެ އިޝާރާތަކަށް ވެފައި ވެއެވެ.
ޖޭޕީގެ އެ ގަރާރެއް ފާސްކޮށްފައި ވަނީ މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި އެމްޑީޕީގެ ރިޔާސީ ޓީކެޓް ކަށަވަރު ކުރެއްވުމަށް ފަހު ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވައި އެމްޑީޕީން އުފައްދާ ކޯލިޝަންގައި ބައިވެރިވާން ޖޭޕީ އާއި ގާސިމަށް ދައުވަތެއް ދީފައި ވަނިކޮށެވެ.ގާސިމާއި ރައީސް ސޯލިހާ ދެބޭފުޅުން ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މިއަދު މަޝްވަރާތައް ބާއްވާއިރު ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އާއި އިމްރާން އަބްދުﷲ ރައީސް ކަން ކުރައްވާ އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރިޔާސީ އިންތިހާބުގެ މަޝްވަރާއަށް ގާސިމް ރައީސް އޮފީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ