ޒިއުރިކް، ސްވިޒަލެންޑް (ޖުލައި 16) - ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް އަތުން 2-1 އިން މޮޅުވި މެޗަށް ފަހު، އާޖެންޓީނާ އިން ސިޔާސީ ޝުއޫރުފާޅުކުރާ ބެނާއެއް ގެންގުޅެފައިވާތީވެ، އެ މައްސަލަ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފި އެވެ.
ފަހު ވަގުތު ދެ ގޯލު ޖަހައިގެން، ފަހަތުން އަރައި އިންގްލެންޑް ބަލިކޮށް، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އާޖެންޓީނާ އިން ވަނީ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ، އާޖެންޓީނާގެ ފުޓްބޯޅަ ތާރީހުގައި މިކަން ހާސިލްވި ދެ ވަނަ ފަހަރެވެ.
ރޭގެ މެޗަށް ފަހު، އާޖެންޓީނާގެ ބައެއް ކުޅުންތެރިން ގެންގުޅުނު ބެނާއެއްގައި، އެ ގައުމުގެ ބަހުން ލިޔެފައިވާ، ލިޔުމުގެ މާނަ އަކީ، "ފާކްލޭންޑަކީ އާޖެންޓީނާގެ ބައެއް،" މިހެނެވެ. މިއީ، މީގެ ކުރިން، އާޖެންޓީނާ އާއި އިންގްލެންޑްގެ ދެމެދުގައި ކުރެވުނު ހަނގުރާމައެއްގައި އުފެދިފައިވާ ސިޔާސީ ހިޔާލުތަފާތުވުންތަކަކާ ގުޅޭ ޝުއޫރެކެވެ.
އެ ގޮތުން، 1982 ވަނަ އަހަރު ފާކްލޭންޑް ހަނގުރާމަ، އާޖެންޓީނާ އާއި އިންގްލެންޑްގެ މެދުގައި ކުރިއަށްދިޔައިރު، އެކަން 74 ދުަވަހަށް ދިގުލައިދިޔަ އެވެ. އިނގިރޭސިންނަށް ފާކްލޭންޑްގެ ކޮންޓްރޯލް ދޭން އާޖެންޓީނާ އިން އެއްބަސްވިއިރު، އާޖެންޓީނާގެ 649 މިލިޓަރީ މީހުންނާއި އިންގްލެންޑްގެ 255 މިލިޓަރީ މީހުންގެ އިތުރުން، ފާކްލޭންޑަށް ނިސްބަތްވާ ތިން މީހަކު މަރުވި ކަމަށް ވަނީ ރިކޯޑް ކުރެވިފަ އެވެ.
ފީފާގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، އާޖެންޓީނާ ކުޅޭ ވޯލްޑް ކަޕް މެޗުތަކުގައި އިނގިރޭސި ރެފްރީންނަށް އިންސާފެއް ނުކުރެވޭނެ. މި ނިންމުން ނިންމާފައިވަނީ 1982 ވަނަ އަހަރު ފާކްލޭންޑް ހަނގުރާމައާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަމަށް ރިއާޔަތްކޮށް، މެޗުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށް
ފާކްލޭންޑް ހަނގުރާމައިގެ ސަބަބުން، އާޖެންޓީނާ އިން ކުޅޭ އެއްވެސް މެޗެއްގައި، އިނގިރޭސި ރެފްރީން ފީފާ އިން ބޭނުމެއް ނުކުރެެ އެވެ.
މީގެ ކުރިން، 2014 ވަނަ އަހަރު ފީފާ އިން ވަނީ، މި ކަމާ ގުޅޭ ބެނާއެއް އެކުވެރިކަމުގެ މެޗެއްގެ ތެރެއިން އާޖެންޓީނާގެ ކުޅުންތެރިން ބޭނުންކޮށްފައިވާތީވެ، 30،000 ޑޮލަރުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާކޮށްފަ އެވެ. އެކަމަކު، މި ފަހަރުގެ ސެމީ ފައިނަލުގައި، މިކަން ތަކުރާރުވެފައިވާތީވެ، އިތުރު ފިޔަވަޅުތަކެއް ފީފާ ޑިސިޕްލިނަރީ ކޮމިޓީން އެޅުމުގެ ފުރުސަތު ބޮޑެވެ.
އެހެން ނަމަވެސް، ސެމީ ފައިނަލުގައި މި ހިނގާދިޔަ ބެނާއާ ގުޅޭ ކަންކަމުގެ މައްސަލައިގައި ފީފާ އިން އަޅާނެ ފިޔަވަޅެެއް ފައިނަލް ވުން ގާތީ، އަންނަ އާދިއްތަ ދުވަހު ކުޅޭ މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އެވެ.
އަންނަ އާދިއްތަ ދުވަހުގެރޭ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާ އެވެ. މި އަހަރުގެ މާޗް މަހު، އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރަން އޮތް ފައިނަލިސިމާ މެޗު ވަނީ އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ކެންސަލްކޮށްފަ އެވެ. އެއީ، މެޗު ކުޅެން ހަމަޖެހިފައި އޮތީ ގަތަރުގައި ކަމަށްވާއިރު، އޭރު މެދުއިރުމަތީގައި ރައްކާތެރިކަމުގެ މާހައުލެއް ނެތުމާ ގުޅިގެންނެވެ.
އާޖެންޓީނާ އިން ސިޔާސީ ބެނާ ގެންގުޅުނު މައްސަލަ ފީފާ އިން ބަލަނީ، ފިޔަވަޅު އެޅުން ގާތީ ފައިނަލަށް ފަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ