ދިވެހިރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓުތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ދެ ފަހަރެއްގެ މަތިން ފުލުހުން އަތުލައިގަނެފައިވާ ސިނގިރޭޓުތަކެއް ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ހުއްޓާ ގެއްލިފައިވާ ކަމަށެވެ.
އެ މައްސަލަ ފެންމަތިވީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވިގެން ފުލުހުން އަތުލައިގަތް 32 ކާޓަން ސިނގިރޭޓު ކާޓަން ކަސްޓަމްސްއާ ހަވާލު ކުރުމަށް ނޮވެމްބަރު 12، 2025، ގައި ބެލިއިރު، އޭގެތެރެއިން ހަ ކާޓަން ސިނގިރޭޓު މަދުވެފައިވާތީ ކަމަށް ފުލުހުންގެ މެސެޖުގައި ބުންޏެވެ.
އެއީ ބިދޭސީއެއްގެ އަތުން މެއި 23، 2025، ގައި ފުލުހުން އަތުލައިގަނެފައިވާ ސިނގިރޭޓުތަކެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ތެރޭގައި، ޑިސެމްބަރު 23، 2024، ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުން އަތުލައިގަނެ، ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މައްސަލަ ވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ މެސެޖުގައި ބުންޏެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، މިފަހަކަށް އައިސް ސިނގިރޭތުގެ ކަޅު ބާޒާރެއް އުފެދި އެ ތަކެތިން ވައްކަން ކުރާ މިންވަރު ވަނީ އާދަޔާހިލާފަށް އިތުރުވެފަ އެވެ.
އެގޮތުން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮންޓޭނާ ސިނގިރޭޓު ވެސް ވަނީ މީގެ ތިން މަސްދުވަސް ކުރިން ގެއްލިފަ އެވެ. އޭގެއިތުރުން ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލައެއް ވެސް ވަނީ މިފަހުން ފެންމަތިވެފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ވަގު ސިނގިރޭޓު ގެއްލިއްޖެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ވަގު ސިނގިރޭޓު ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ