ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ކާޓޫން ގެއްލޭ މައްސަލައެއް ބަލަނީ

ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓޫން ގެއްލޭކަން ފާހަގަކުރެވިގެން އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ވީކިހިނެއް؟ - ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި ސިނގިރޭޓު ކާޓޫންތަކެއް މަދުކަން އެނގުނީ އެ ތަކެތި މި މަހުގެ 12 ވަނަ ދުވަހު ކަސްޓަމްސްއާ ހަވާލުކުރަން އުޅުނު އިރު ބެލި ބެލުމުގަ އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި، ގާނޫނާ ހިލާފަށް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި ބިދޭސީއެއްގެ އަތުން މިދިޔަ 23 މެއިގައި ހިފެހެއްޓީ 32 ކާޓޫނެވެ. ނަމަވެސް އޭގެ ތެރެއިން 6 ކާޓޫން މަދު ކަމަށް ފުލުހުން ބުންޏެވެ.
އެކަން ބަލަމުން ދަނިކޮށް ފުލުހުންނަށް ދެން ފާހަގަކުރެވުނު ކަމަކީ، 23 ޑިސެމްބަރު 2024ގައި ދެ ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކާޓޫންތަކުގެ ތެރެއިން ވެސް 31 ކާޓޫން މަދު ކަމެވެ.
މި ދެ މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގުގެ އިތުރުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސްއިން އިދާރީ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ