ދެމަފިރިން އެކަކު އަނެކަކަށާ ޢާއިލާގެ މީހުންނަށް އަދި އެކުވެރިންނަށްވެސް ކުރަން ޚާއްޞަ ދުޢާތައް! ގާތް އެންމެންނަށް ޙިއްޞާކޮށްލެއްވުމުން ފައިދާކުރާނެ! އިން ޝާ ﷲ

އަހުރެން މިދުޢާ މިކުރަނީ މިލިޔުން މިވަޤުތު ކިޔާ މީހުންނަށާއި ފަހުން ކިޔާނެ މީހުންނަށެވެ. މިދުޢާތައްކުރާއިރު ތިމާ މިދުޢާކުރަނީ ކާކަށްކަން ހިތުގައި ބާއްވާށެވެ! އެއިރުން ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވާނެތެވެ. ތިބާކުރާ ދުޢާގެ ފައިދާ އެމީހަކަށް ކުރާނެތެވެ. އިން ޝާ ﷲ  
- ޔާ ﷲ! މިދުނިޔެއިން ތިބާ އެދޭ އެންމެހައި ކަންކަމާއި އާޚިރަތް ދުވަހު ތިބާ އެދޭނެ އެންމެހައިކަންކަން ތިބާއަށް ހިންމަވައިދެއްވަވާނދޭވެ!
- ޔާ ﷲ! ތިބާއަށް ޖެހިފައިވާ ހުރިހާ ބަލިމަޑުކަމުންނާއި ތިބާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތަކުންނާއި މާލީ ދަތިތަކުން ތިބާ ސަލާމަތްކޮށްދެއްވަވާނދޭވެ!
- ޔާ ﷲ! ތިބާއަށް ކުރިމަތިވެފައިވާ އެންމެހައި ހިތްދަތިކަންތައްތަކުން ތިބާ ސަލާމަތްކުރައްވަވާނދޭވެ! އަދި އަބަދުވެސް ހިނިތުންވެގެން ހުރެވޭނެ މީހަކުކަމުގައި ތިބާ ލައްވަވާނދޭވެ!
- ޔާ ﷲ! ތިބާގެ ޒަވާޖީ ޙަޔާތުގައި ބަރަކާތް ލައްވަވާނދޭވެ! އަދި ހެޔޮލަފާ ދަރިން ދެއްވަވާނދޭވެ!
- ޔާ ﷲ! ތިބާއަށް ރައްކައުތެރިކަން މިންވަރުކުރައްވަވާނދޭވެ! އަދި ސީދާވެގެންވާ ތެދުމަގުގައި ކުރިއަށް ދިއުމުގެ ތައުފީޤް ދެއްވަވާނދޭވެ!  
މިދުޢާތައް ކިޔުންތެރިންގެ ޢާއިލާގެ މީހުންނަށާއި އެކުވެރިންނަށާއި އަދި ވީހައި ގިނަ ބައަކަށް ޙިއްޞާކުރާށެވެ! މުސްލިމުން އަބަދުވެސް ތިބެންވާނީ އެކަކު އަނެކަކަށް ހެޔޮދުޢާކުރުންމަތީގައެވެ. އަބަދުވެސް ބުނާފަދައިން އަނެކާއަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އޭނާއަށްޓަކައި ކުރާ ހެޔޮދުޢާއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ