ކޮލިފައިންގައި ލެޓްވިއާ ބަލިކޮށް، އިންގްލަންޑް ވޯލްޑްކަޕަށް
ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ލެޓްވިއާ ބަލިކޮށް، އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕުގެ ޖާގައެއް އިންގްލެންޑުން ހޯދައިފިއެވެ. ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ކޭގައި ރޭ ކުޅުނު މި މެޗު އިންގްލެންޑް ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. ލެޓްވިއާގައި ކުޅުނު މި މެޗުން ލިބުނު މޮޅާއެކު ގްރޫޕްގައި ކުޅުނު ހަ މެޗުން ލިބިފައިވާ 18 ޕޮއިންޓާ އެކު އިންގްލެންޑަށް ވަނީ ގްރޫޕްގެ އެއްވަނަ މަގާމު ލިބިފައެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް އަލްބޭނިއާއަށް ވަނީ ޖުމުލަ 11 ޕޮއިންޓު ލިބިފައެވެ. އެއީ، ކުޅުނު ހަ މެޗުންނެވެ. އިންގްލެންޑުން ވަނީ މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ކުޅެފައެވެ. އަދި، ގޯލާ އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވެސް ވަނީ އުފައްދާފައެވެ. މެޗުގައި އިންގްލަންޑުން ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅެ ލެޓްވިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 26 ވަނަ މިނިޓުގައި އެންތޮނީ ގޯޑަން ވަނީ ލީޑު ނަގައިދީފައެވެ. ދެވަނަ އަދި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އޭނާ މި ދެ ލަނޑު ޖެހީ ފުރަތަމަ ހާފު ނިމުމުގެ ކުރިންނެވެ. ތިންވަނަ ލަނޑަކީ ލެޓްވިއާގެ ޓޮނިޝެވްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި، ފަސްވަނަ ލަނޑަކީ މެޗު ނިމެން ގާތްވެފައިވަނިކޮށް އެބެރެޗީ އެޒޭ ޖެހި ލަނޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ