މަޖިލީހުގެ މި ދައުރުގައި އަބުރުގެ ގާނޫނެއް ހަދަން މަސައްކަތްކުރަނީ
މި ދައުރުގައި އަބުރުގެ ގާނޫނު ހަދަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަމުން އަންނަ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށިއިރު، އޭރު އަމަލުކުރި ބައެއް ގަވާއިދުތަކަށް ބާރުދޭން ގާނޫނެއް ނެތުމުން އެ ގަވާއިދުތަކަށް ބާރުދޭން އާންމު ގަވާއިދުތަކުގެ ގާނޫނެއް ވަނީ ހަދާފައެވެ. އޭރު އެ ގާނޫނު ފާސްކުރީ ވަކި މުއްދަތެއްގެ ތެރޭގައި އުވޭ ގޮތަށެވެ. އެކަމަކު، ބައެއް ގަވާއިދުތަކަށް ބާރު ދޭނެ ގާނޫނުތައް ނެތުމުގެ ސަބަބުން މަޖިލީހުން އައީ އެ ގާނޫނުގެ މުއްދަތު އިތުރުކުރަމުންނެވެ. އެ ގާނޫނުގައި އަބުރުގެ ގަވާއިދު ހިމެނޭއިރު، މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ، އެ ގާނޫނުން އަބުރުގެ ގަވާއިދު އުނިކުރެވެން އޮތީ އަބުރުގެ ގާނޫނެއް އެކުލަވާލެވިގެން ކަމަށެވެ. ބަންޑާރަނައިބު އުޝާމް: ވިދާޅުވީ، މި ދައުރުގައި އަބުރުގެ ގާނޫނުގެ ބިލް މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް އެގޮތުން، އާންމު ގަވާއިދުތަކާ ބެހޭ ގާނޫނު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ. މަޖިލީހުން އެންމެ ފަހުން ފާސްކޮށްފައިވާ ގޮތުން، އާންމު ގާނޫނުތަކާ ބެހޭ ގަވާއިދު އަންނަ އަހަރުގެ އޭޕްރީލް މަހު އުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ކުރިން މިހާރު އެ ހިމެނޭ އަބުރުގެ ގަވާއިދުގެ ބަދަލުގައި އަބުރުގެ ގާނޫނެއް މަޖިލީހުން ފާސްކުރުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ މިހާރު އަމަލުކުރަމުންދާ އަބުރުގެ ގަވާއިދުގެ ބަދަލުގައި އަބުރުގެ ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން މިދަނީ،ބަންޑާރަނައިބު އަހުމަދު އުޝާމް އުޝާމް ވިދާޅުވީ، މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ލިސްޓުގައި އަބުރުގެ ގާނޫނުގެ ބިލު ހިމަނައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، މި ދައުރުގެ ތެރޭގައި އެ ބިލު ނުހިމެނިއްޖެ ނަމަ، ލަސްވެގެން އަންނަ އަހަރުގެ ފުރަތަމަ ދައުރު ތެރޭގައި މަޖިލީހަށް ހުށަހަޅާނެކަން އުޝާމް ފާހަގަކުރެއްވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އަބުރުގެ ގާނޫނެއް ފާސްކުރިއެވެ. އަދި، އެ ގާނޫނުގެ ދަށުން ބައެއް ޓީވީ ޗެނަލްތަކާއި މީހުން ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރިއެވެ. އެކަމަކު، ނޮވެންބަރު 22، 2018 ގައި އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލު ތަސްދީގުކުރައްވާފައެވެ. https://sun.mv/111976 އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އާންމު ގަވާއިދުތަކާބެހޭ ގާނޫނު ގެ ދެވަނަ ޖަދުވަލުގެ 10 ވަނަ ނުކުތާއަށް "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު" އަލުން ހިމަނައި، އެ ގަވާއިދުގެ ބެލެނިވެރި ގާނޫނެއް ކަމުގައި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނު ވަނީ ހަމަޖެހިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ