ޖިންސީ ފުރައްސާރަ ކުރިކަމަށް ސާބިތުވެ، އއ. ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހު ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟- ކައުންސިލް އިދާރާގައި މަސައްކަތް ކުރި މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ބެލީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުންނެވެ. އެތަނުން މިދިޔަ ސެޕްޓެމްބަރު ވަނީ، އެކަން ކުރި ކަމަށް މަދަނީ މިންގަނޑު ސާބިތުވާ ކަމަށް ނިންމާފަ އެވެ. އެއާ އެކު އެއާ ގުޅޭ ތަހުގީގެއް އެލްޖީއޭއިން ވަނީ ހިންގާފަ އެވެ.
ތަހުގީގަށް ފަހު އެލްޖީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:
ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅުމުން، ކައުންސިލްގެ ރައީސްގެ މައްޗަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއާ ހިލާފުވެފައިވާ ކަމަށް
ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ހިފެހެއްޓުމަށް، ކައުންސިލަރުންނަކީ ހަމަތަކާއި އުސޫލުތަކެއްގައި ހިފަހައްޓަން ޖެހޭ ބަޔަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ޝާހުގެ ފަރާތުން ފެނުނީ އެއާ ހިލާފު އަމަލުތަކެއް ކަމަށް
މި މައްސަލަ އެލްޖީއޭއިން ބަލަން ފެށުމާއެކު އެ ކަމަށް ޖަވާބުދާރީވުމަށް ޝާހަށް ހަތް ދުވަހުގެ މުހުލަތެއް ދީފައިވެ އެވެ. އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އޭނާ ބުނި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ހެއްކެއް ދައްކާފައި ނުވާ ކަމަށް އެލްޖީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްގެން ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ