ސްރީ ލަންކާއަށް މޫސުން ގޯސް، ބިންގަނޑު ކަނޑައިގެން ގޮސް ގިނަ ބަޔަކު މަރުވެއްޖެ

ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މި ހަފްތާ ތެރޭ 31 މީހުން މަރުވެފައިވާ ކަމަށް މިއަދު ބުނެފި އެވެ.މޫސުން ގޯސްވުމުގެ ސަބަބުން ރިޕޯޓުކޮށްފައިވާ އެކި ހާދިސާތަކުގައި 14 މީހުން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށްވެސް ލަންކާ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ލަފާކޮށް ރެޑް އެލާޓްވެސް އެ ގައުމުގެ މުސުމާބެހޭ ގައުމީ އިދާރާއިން ވަނީ ނެރެފައެވެ.ލަންކާއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެއް ނަމަވެސް އެ ގައުމުގެ އިރުމަތީ އުފެދިފައިވާ ޑިޕްރެޝަނެއްގެ ސަބަބުން މޫސުން އިތުރަށް ވަނީ ގޯސްވެފަ އެވެ.މޫސުން ގޯސްވުމުގެ ސަބަބުން ލަންކާގައި ވަނީ ސްކޫލްތަކުގެ ފަހު އިމްތިހާނު ދެ ދުވަހަށް ފަސްކޮށްފި އެވެ.މި ދުވަސްވަރު ރާއްޖެއަށްވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ