މަޓީގެ ޗެއާމަނަކަށް ޗަމްޕާ އަފީފް އައްޔަނުކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަނަކަށް ޗަމްޕާ ބްރަދާސްގެ އެއް ހިއްސާދާރު، ޙުސައިން އަފީފް (ޗަމްޕާ އަފީފް) އައްޔަންކޮށްފިއެވެ.
މަޓީގެ ޗެއާމަނެއްގެ ގޮތުގައި މިހާތަނަށް ހުންނެވީ، ޔުނިވަރސަލްގެ ޗެއާމަން އެމްޔޫ މަނިކެވެ. އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު އެމްޔޫ މަނިކް އަވަހާރަވުމުން މިހާތަނަށްވެސް އެމަޤާމު އޮތީ ހުސްކޮށެވެ. 
މަޓީގެ އައު ޗެއާމަނަކަށް ޗަމްޕާ އަފީފް އައްޔަނުކޮށްފައިމިވަނީ މިއަދު ކުރުނބާގައި ބޭއްވި އެ ޖަމިއްޔާގެ 36 ވަނަ އަހަރީ އާއްމު ޖަލްސާގައެވެ. 
މަޓީގެ ޗެއާއަކަށް ޗަމްޕާ އަފީފް އައްޔަނުކުރިއިރު، އަފީފަކީ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މަޓީން މިއަދު ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައިވަނީ، އައު ހިންގާ ކޮމިޓީވެސް އިންތިހާބުކޮށްފައެވެ. މަޓީއަކީ ރާއްޖޭގެ ރިސޯޓްތައް ހިއްސާވާ ޖަމިއްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ