ހަ ރަށެއްގައި ފިޔަވާ އެހެން ރަށްރަށުގައި ރޯދަ ހަަދިޔާ ބަހައިފި

ހަ ރަށެއްގައި ފިޔަވާ އެހެން ރަށްރަށުގައި ރޯދަ ހަަދިޔާ ބަހައިފި އެވެ.
ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި ހަ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި މިހާރު ވަނީ ރޯދަ ހަދިޔާ ބަހާ ނިމިފައެވެ. އަދި ވިދާޅުވީ ރަށްރަށުގައި ރޯދަ ހަދިޔާ ބެހުމަށް ކުރެވުނު މަސައްކަތުން ފާހަގަ ކުރެވުނީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމު ކަން ކަމަށެވެ.
ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދީފައިވަނީ 48 ދަޅުގެ މަސްކޭހެކެވެ. މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ