ހުސްވި ޖެނުއަރީމަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ރެކޯޑް މިންވަރަކަށް އާމްދަނީ ބަލައިގަނެފިއެވެ.
މީރާއިން ނެރެ އާއްމުކޮށްފައިވާ ހުސްވި ޖެނުއަރީމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމަހު 4.45 ބިލިއަން ރުފިޔާ ބަލައި ގަނެފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު، 33.1 އިންސައްތަ އިތުރު އަދަދެކެވެ. ޖެނުއަރީމަހު މިހާ ގިނަ އަދަދަކަށް އާމްދަނީ ލިބިފައިވަނީ، ބޭންކް ޕްރޮފިޓް ޓެކްސް އާއި ޓޫރިޒަމުން ލިބުނު އާމްދަނީ އިތުރުވަމުންނެވެ.
މިދިޔަ މަހު 4.45 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިއީ އެމުއްދަތުގައި ލިބޭނޭކަމަށް އަންދާޒާކުރި އަދަދަށްވުރެ، 4.9 އިންސައްތަ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ އެ މުއްދަތުގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސް، ޓޫރިޒަމުން ލިބޭ ޖީއެސްޓީ އަދި ޑިޕާޗާ ޓެކުހުން ލިބުނު އާމްދަނީ ދަށްވުމެވެ.
މިދިޔަ މަހު ދައުލަތަށް އެންމެގިނައިން އާމްދަނީ ލިބިފައިވަނީ، ޖީއެސްޓީ، އިންކަމް ޓެކްސް، ލޭންޑް އިކުއިޒިޝަން ފީ، އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އިތުރުން ޑިޕާޗާ ޓެކުހުންނެވެ.
- ޖީއެސްޓީ: 1.7 ބިލިއަން ރުފިޔާ
- އިންކަމް ޓެކްސް: 1.5 ބިލިއަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 188.8 މިލިއަން ރުފިޔާ
- ގްރީން ޓެކްސް: 221 މިލިއަން ރުފިޔާ
މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީގެ 25.9 އިންސައްތަ ފައިސާއަކީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުން ލިބުނު އާމްދަނީ ކަމަށެވެ. އެގޮތުން އެމަހުގެ ތެރޭގައި ނުލިބިވާ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެދަށުން 532 މިލިއަން ރުފިޔާ ހޯދުނެވެ.
ޖެނުއަރީމަހު މީރާއަށް 4.45 ބިލިއަން ރުފިޔާ ބަލައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ