ހަނގުރާމައިގެ ސަބަބުން ކުރާނެ އަސަރު މި ދަނީ ބަލަމުން: މިނިސްޓަރު ޒަމީރު
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަލައި އެކަމުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ގާތުން ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.މިނިސްޓަރު ޒަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ހަކަތައިގެ ބާޒާރަށާއި ފުޑް ސެކިއުރިޓީގެ އިތުރުން މާލީ ހާލަތަށް ކުރާނެ އަސަރު ވަޒަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.އެ ގޮތުން ބާޒާރުގެ އަގުތަކާއި އިންފްލޭޝަން ޓްރެންޑް ކަމާގުޅުންހުރި ފަރާތްތަކާއެކު ގާތުން މޮނީޓާ ކުރަމުންދާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ ޒަމީރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވެސް ވަނީ ހާލަތު ދިރާސާކޮށް ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެދާނެ ގެއްލުމެއް ދެނެގަންނަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.ރޭ ކުޑަ ވަގުތުކޮޅަކަށް ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލި އިރު އެ ސަރަހައްދަކީ ރާއްޖެއަށް އެންމެ ގިނަ އިން ޓޫރިސްޓުން އުފުލާ އެއާލައިންތައް އޮތް ސަރަހައްދެ އެވެ. ހާއްސަކޮށް ޔޫރަޕްގެ މަންޒިލްތަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދަނީ ގަތަރު އެއާލައިނާއި އެމިރޭޓްސް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ