ދިރާގު އެޕް މެދުވެރިކޮށް ރީލޯޑުކުރުމުން ބޯނަސް ކްރެޑިޓު ދެނީ

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން ދިރާގު ޑިޖިޓަލް ޗެނަލެއް މެދުވެރިކޮށް ރީލޯޑުކޮށްގެން 15 ޕަސެންޓާ ހަމައަށް ބޯނަސް ކްރެޑިޓް ލިބޭ ލިމިޓެޑް ޓައިމް އޮފާއެއް ތައާރަފުކޮށްފި އެވެ.މި އޮފާއިން ދިރާގު އެޕާއި މައިއެކައުންޓް ނުވަތަ ދިރާގު ވެބްސައިޓް މެދުވެރިކޮށް 100ރ. އިން ފެށިގެން 500ރ. އާ ހަމައަށް ރީލޯޑުކުރާ ކަސްޓަމަރުންނަށް ހިލޭ ބޯނަސް ކްރެޑިޓް ލިބޭނެ އެވެ. އެގޮތުން 100ރ. ރީލޯޑުކޮށްގެން 10 ޕަސެންޓުގެ ބޯނަސް ކްރެޑިޓާ އެކު ޖުމްލަ 110ރ. ލިބޭނެ އެވެ. އަދި 200ރ. ރީލޯޑުކޮށްގެން 13 ޕަސެންޓު ބޯނަސް ކްރެޑިޓާ އެކު ޖުމްލަ 225ރ. ލިބޭނެ އެވެ. އަދި 500ރ. ރީލޯޑުކޮށްގެން 15 ޕަސެންޓުގެ ބޯނަސް ކްރެޑިޓާ އެކު ޖުމްލަ 575ރ. ލިބޭނެ އެވެ.އެ ލިމިޓެޑް ޓައިމް އޮފާއަކީ ޗެޓް ކުރުމާއި ބްރައުސް ކުރުމަށް ނުވަތަ ސްޓްރީމް ކުރުން ފަދަ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ވަރަށް އަގުހުރި އޮފާއެއް ކަމަށް ދިރާގުން ސިފަކުރެ އެވެ. އަދި އެ އޮފާތަކަކީ ކޮންމެ ތަނެއްގައި، ކޮންމެ ވަގުތެއްގައި ވެސް ޑިޖިޓަލީ އެކްޓިވޭޓް ކުރެވޭނެ އޮފާތަކެއް ކަމަށް ދިރާގުން ބުންޏެވެ.ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނަށް ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ