ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އުފުލި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަނބުރާ ގެންގޮސްފިކަން ހާމަވެއްޖެ އެވެ.
ޝިޔާމަށް ދައުވާކުރީ ސިފައިންގެ އެންމެ އިސް ޖެނެރަލްގެ ގޮތުގައި އޭނާ ހުންނެވިއިރު ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެސްޓްހައުސެއްގައި އޭނާގެ ބައްޕަ އަހަރަކަށް ވުރެ ގިނަ ދުވަހު ބަހައްޓައި، އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ އޮފިސަރަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު 1، ގައި ހުކުމްކުރީ ދައުލަތުން ހުށަހެޅި ހެކިތަކުން ދައުވާ ސާބިތު ނުވާ ކަމަށެވެ.
ދައުލަތުން ވަނީ ޖެނުއަރީ 21، ގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވެ އެވެ. ނަމަވެސް ޕީޖީން ޖޫން 29، ގައި ހައި ކޯޓަށް ފޮނުވި ސިޓީގައި އެ މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލު ކޮށްދޭން އެދުމުން، ހައި ކޯޓުން ވަނީ ޖޫން 30، ގައި އިސްތިއުނާފް ފޯމު ބާތިލުކޮށްފަ އެވެ.
ޕީޖީން ހައި ކޯޓުގައި ބޭނުންވީ އެ މައްސަލައިގެ ހާދިސާ ހިނގިދިޔަ ފަހުން ހަތް އަހަރު ފާއިތުވެފައިވާތީ އާއި އިސްތިއުނާފު ރައްދުވާ ޝިޔާމްގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ޕީޖީއަށް ހުށަހެޅިފައި ނުވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.
ޝިޔާމްގެ ބައްޕަ މިހާރު ވަނީ އަވަހާރަވެފަ އެވެ. ސިފައިންގޭގެ ގެސްޓްހައުސެއްގައި ބައްޕަ ބެހެއްޓީ، ޝިޔާމްގެ މަންމަ އަވާހަރުވުމަށް ފަހު އެވެ. އޭރު ވެސް ޝިޔާމްގެ ބައްޕައަކީ ވަރަށް ބަލި މީހެއް ކަން ދިފާއުން ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ކުރިން ފާހަގަކޮށްފައިވެ އެވެ.
ޝިޔާމްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން އެ މައްސަލަ އެ ކޮމިޝަނުން ވެސް ބެލި އެވެ. ނަމަވެސް އޭސީސީން ނިންމީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމްގެ މައްޗަށް ކުރި ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމްގެ މައްޗަށް ކުރި ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ