ޕީއެންސީގެ ވަފްދުތައް ރަށްރަށަށް ފޮނުވައިގެން އުޅެނީ އާ ހޮޅި ވައުދުތަކެއްވާން: ވައްޑެ ޕީއެންސީގެ ވަފްދުތައް ރަށްރަށަށް ފޮނުވައިގެން އުޅެނީ އާ ހޮޅި ވައުދުތަކެއްވާން: ވައްޑެ

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަފުދުތައް ރަށްރަށަށް ފޮނުވައިގެން އުޅެނީ އެމްޑީޕީގެ ސަފުތައް ރުކުރުވާލުމުން، އާ ހޮޅި ވައުދުތަކެއްވާން ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވައްޑެ ވިދާޅުވީ، ކައުންސިލް އިންތިހާބާ ދިމާކޮށް ޕީއެންސީގެ ވަފުދުތައް ރަށްރަށަށް ފޮނުވައިގެން އުޅެނީ ރައްޔިތުން އޮޅުވާލައި ސްކޭމް ހިންގަން އައު މައުލޫމާތުތަކެއް ހޯދަން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުތައް ހުންނެވި ގޮތުން އެމަނިކުފާނާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ވައްޑެ ވިދާޅުވި އެވެ.
"އަނެއްކާ ވެސް ރައްޔިތުންނަށް އޮޅުވައިލަން. ސްކޭމް ހިންގަން ވެގެން. ކިހިނެއް ހަދަންވެގެން. ދައްކާނެ އާ ހޮޅި ވައުދުތަކެއްގެ މައުލޫމާތު ހޯދުމަށްޓަކައި އަނެއްކާ ވެސް އޮޅުވާލުމުގެ ދަތުރުތަކެއް އެ ކުރަނީ. ރައްޔިތުން އެބަޖެހޭ ވަރަށް ރަނގަޅަށް މީނައާ ދޭތެރޭގައި ސަމާލުވާން،" އޭނާ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ މި ސަރުކާރުގެ ވިސްނުން ހުރީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ކައުންސިލްތައް ކޮށައި މަށާލަން ކަމަށެވެ.
މީގެއިތުރުން ޕީއެންސީން ރަށްރަށަށް ފޮނުވާފައި ތިބި ވަފްދުތަކަށް ކައުންސިލްތަކުގެ ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުތައް ނޭގޭތީ، އެކަމާ އަޖައިބުވާ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.
"އެކަމަކު މީގެ އަޖައިބެއް ކަހަލަ ކަމަކީ އަޅެ އެ ދާ ވަފްދެއްގެ ބޭފުޅަކަށް ވެސް ގާނޫނަށް ގެންނަން އުޅޭ ބަދަލެއް ވެސް ސާފެއް ވަނީކީ ނޫނޭ. ކައުންސިލެއް އޮންނާނެކަން ނޯނާނެކަން ސާފެއް ވަނީކީ ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ވަފްދުތައް ހދ. އަތޮޅާއި ބ. އަތޮޅާއި ރ. އަތޮޅާއި އއ. އަތޮޅާއި ލ. އަތޮޅު އަދި ނ. އަތޮޅުގެ ބައެއް ރަށްތަކަށް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ދަތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ