މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާ
މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާކޮށް އާ އުސޫލެއް އެކުލަވާލައިފި އެވެ.ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.މޯލްޑިވިއަނުން ބުނީ އެ އެއާލައިނަކީ ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރުގެ މިންގަނޑުތަކާ އެއްގޮތަށް މި ކަހަލަ އުސޫލެއް ތައާރަފުކުރި ރާއްޖޭގެ ފުރަތަމަ އެއާލައިން ކަމަށެވެ."މި އެއާލައިނުން އަބަދުވެސް އިސްކުރާނީ ފަސިންޖަރުންގެ ރައްކާތެރިކަން،" އެ ބަޔާނުގައި ބުންޏެވެ.މޯލްޑިވިއަނުން ބުނީ މި އާ އުސޫލުގެ ދަށުން އެ އެއާލައިންގެ ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން ދެ ޕަވަ ބޭންކް ކަމަށާއި ޕަވަ ބޭންކުގެ ކެޕޭސިޓީ 100 ވޮޓް-އަވާއަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.ޕަވަ ބޭންކް ގެންދިޔަސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ޕަވަ ބޭންކް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.މޯލްޑިވިއަންއިން އަމަލުކުރަން ފެށި އުސޫލުގައި ހިމެނޭކަންކަން* ކޮންމެ ދަތުރުވެރިއަކަށް ގެންދެވޭނީ 2 ޕަވަރ ބޭންކް* ޕަވަރ ބޭންކުގެ ކެޕޭސިޓީ 100 ވަޓް-އަވާ އަށް ވުރެ އިތުރުވެގެން ނުވާނެ* ފްލައިޓު މަތީ ޕަވަރ ބޭންކް އޮންނަން ވާނީ އަތުގައި، ނުވަތަ ސީޓު ޖީބުގައި ނުވަތަ ސީޓު ދަށުގައި* ޕަވަރ ބޭންކް ލަގެޖް ތެރޭގައި ފޮނުވުން މަނާ، އަދި ފްލައިޓުތެރޭ ކަލިވަތްތަކުގައި ބޭއްވުންވެސް މަނާ* ފްލައިޓުތެރޭ ޕަވަރބޭންކް ބޭނުންކޮށްގެން ޗާޖު ކުރުން ނުވަތަ ޕަވަރ ބޭންކް ޗާޖުކުރުން މަނާ* ޕަވަރ ބޭންކުގެ ކަރަންޓު ކޮޅެއް ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަށް އޮވެގެން ނުވާނެ* ހުރިހާ ޕަވަރ ބޭންކެއްވެސް އދ.ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތެންވާނެމޯލްޑިވިއަންއިން ވިދާޅުވީ މި އާ އުސޫލާއެކު އެއެއަރލައިނުން ދަތުރުކުރާ ފަރާތްތަކާއި، ބޯޓުތަކުގެ ސަލަމާތާއި ރައްކާތެރިކަމަށް އެއަރލައިނުން ދޭ ސަމާލުކަން ހާމަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ