ދެން ޑޮލަރުގެ އަގު ނުއުފުލޭނެ، ރާއްޖެ ދެކޭނީ އިގުތިސޯދީ ގޮތުން ރަނގަޅު ދުވަސްތަކެއް: ނަސީމް

ރައްޖޭގައި ދެން ޑޮލަރުގެ އަގު ނުއުފުލޭނެ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ފެންނާނި އިގުތިސާދީ ގޮތުން ރަނގަޅު ދުވަސްވަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ. ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރާފައެވެ. އެ ކަމާ ގުޅިގެން ސަރުކާރަށާއި މަރުކަޒީ ބޭންކު އެމްއެމްއޭޭގެ ގަވަރުނަރު، އަހުމަދު މުނައްވަރަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުންދަނީ އަމާޒުވަމުންނެވެ. https://sun.mv/208482 ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ވިޔަފާރިވެރިން ރާއްޖެއަށް މުދާ އެތެރެކުރުމަށްޓަކައި، ވިދިވިދިގެން ދެތިން މަހަކު ބޭންކުން ޑޮލަރު ސަޕޯޓު ދިނަސް ޑޮލަރުގެ އަގު ތިރިވާނެ ކަމަށެވެ. "އެހެންވީމާ ބްލެކު މާކެޓު ހޯލްޑު ކުރައްވާ ބޭފުޅުން ބޭނުންވާނެ [ޑޮލަރުގެ އަގު] މައްޗަށް ޖައްސަން. އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ ދެން އިރާދަކުރެއްވިއްޔާ މައްޗަށް ޖެހިދާނެހެނެއް" ނަސީމް ވިދާޅުވިއެވެ. ވިޔަފާރިތަކުގެ ބޭނުމަށް ކުރާ ޓީޓީ މުއާމަލާތްތަކަށް 30 ޕަސަންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދޭން ފަށާފައިވާ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިންވަނީ ބުނެފައެވެ. އެއީ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. "އަޅުގަނޑަށް ކުރިން ޑޮލަރު ވިއްކައި އުޅުނު ތިން ޕާޓީއަކުން ގުޅި ޑޮލަރު ވިއްކަން ވެގެން، އެކަމު މިހާރު އަޅުގަނޑު އެ ޑޮލަރު ބޭނުމެއް ނުވާނެއްނޫންތޯ ބޭންކުން އެ ސަޕޯޓު ދެއްވަންޏަކާ. އިރާދަ ކުރެއްވިއްޔާ ހަމަ ޑޮލަރުގެ ރޭޓު ވެސް ތިރިއަށްގޮސް، އިގުތިސާދީ ގޮތުން ރާއްޖެ ރަނގަޅު ދުވަސްވަރެއް ދެކޭނެ" ނަސީމް ވިދާޅުވިއެވެ. ޑޮލަރު ލިބުން ދަތިވެ މިކަމުގެ އަސަރު ވިޔަފާރިތަކަށް ކުރާކަމަށް ބުނެ، އެމްޑީޕީގެ ޕީޖީން ވަނީ، ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރަން އެދި ސިޓީއެއް ވެސް ފޮނުވައިފިއެވެ. https://sun.mv/208685 ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ. މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެ ގޮތުން، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 680 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީން މި ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ. މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ