ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއް ގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރު ކޮށްފި އެވެ.
އޭނާ ހައްޔަރު ކުރީ ފުލުހުން ބުނި ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަ ނީ ށ. ކޮމަންޑޫ / ސާތީ، ހުސައިން ޝާނިމު (24އ) އެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު، މީނާއާ ގުޅުންހުރި ތިން ތަނެއް ބަލާ ފާސްކޮށްފައިވެ އެވެ. މި ތަންތަން ބަލައިފާސްކުރިއިރު 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޙުސައިން ޝާނިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލް ގައި ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ