ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކުރަން ހުއްޓައި، ހައްޔަރުކުރީ އެކަމުގައި ރެކޯޑު އޮތް މީހެއް
ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރި ކުރަން ހުއްޓައި ފެނިގެން ހައްޔަރުކުރީ އެ ބާވަތުގެ ކުށުގައި ހަތަރު އަހަރުގެ ބަންދު ރެކޯޑު އޮތް މީހެއްކަން އެނގިއްޖެއެވެ. އެ މައްސަލައިގައި ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖެހީ ސ. ހިތަދޫ، އަންދާޒާ މުޙައްމަދު ނިޝާނަށެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ، ނިޝާންގެ މައްޗަށް 15 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައެވެ. ނިޝާންގެ މައްޗަށް ވަނީ، ވައްކަން ކުރުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތުކޮށްފައެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުތައް އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ދަރުބާރުގޭގެ ގޯތިތެރޭގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކޮށް ވައްކަން ކުރި ކަމަށް ނިޝާންގެ މައްޗަށް ތުހުމަތުކުރެވެއެވެ. ކްރިމިނަލް ކޯޓު: ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކުރަން ހުއްޓައި، ހައްޔަރުކުރީ އެކަމުގައި ހަތަރު އަހަރުގެ ރެކޯޑު އޮތް މީހެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެގޮތުން، އެތަނުގައި ހުރީ ރައްޓެއްސަކު ބުނެގެން ކަމަށް ނިޝާން ވަނީ ބުނެފައެވެ. ނަމަވެސް، ހާދިސާގެ ރިޕޯޓާ ހަވާލާދީ އަމުރުގައިވާ ގޮތުން، ނިޝާން އެތަނުގައި ހުރީ އެކަނި ކަމަށްވާއިރު، ކަރަންޓު ނަރު ބުރިކުރަން ހުއްޓައި ފެނިގެން ހުއްޓުވަން އުޅުމުން ދުވެ ފިލަން މަސައްކަތް ކުރި ކަމަށް ވެއެވެ. އޭނާ ފުލުހުންނަށް ހުއްޓުވުނީ އާންމުންގެ އެހީތެރިކަމާ އެކުގައި ކަމަށްވާއިރު، އޭރު ވެސް 'ވަޔަލެންޓު' ކޮށް އުޅުނު ކަމަށް އަމުރުގައިވެއެވެ. އަދި، ކުށުގެ ވެށިން ކަޓަރަކާއި ރެންޗެއް ވަނީ ފެނިފައެވެ. ނިޝާންގެ ބަންދު ލޮގަށް ބަލާއިރު، ތަކުރާރުކޮށް ހައްޔަރުކޮށްފައި ހުރީ އެކި ތަންތަނުން ކަރަންޓު ނަރު ވަގަށް ނެގުމަށް މަސައްކަތް ކުރުމާ ގުޅިގެންނެވެ. އެގޮތުން، ޖޫން، 2021ގައާއި ޖުލައި 2023އާއި މިދިޔަ އަހަރުގެ ޖަނަވަރީއާއި އޮކްޓޫބަރު މަހުގެ އިތުރަށް މިދިޔަ މެއި މަހު ވެސް ނިޝާން ހައްޔަރުކުރިއެވެ. އެއާއެކު، މި މައްސަލައިގައި ނިޝާން އެދުނީ އޭނާއަކީ ފުލުހުންނަށް އެއްބާރުލުން ދޭ މީހެއް ކަމަށްވާތީ ބަންދަށް ލުއި ގޮތެއް ހަދައިދީ، ދޫކޮށްލުމަށެވެ. ނަމަވެސް، ފުލުހުން ބުނީ، ނިޝާންއާ ސުވާލުކުރުމުން ތަހުގީގުގައި ހަނު ހުރުމަށް އިޚުތިޔާރު ކޮށްފައިވާ ކަމަށެވެ. މީގެކު ރިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި، މަރު ވެސް ވިއެވެ. އޭގެފަހުން، ވެސް ޓްރާންސްފޯމަރުތަކުން ނަރު ބުރިކުރާ މައްސަލަތައް ފެންމަތިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ