އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ސިފައިންގެ ފަސް މީހުން މަރުވެއްޖެ

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ފަސް މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އެއާފޯސް (އައިއޭއެފް) އިން ބުނެފި އެވެ.
އިންޑިއާގެ އިރުމަތީގެ ސްޓޭޓެއް ކަމަށްވާ އާސާމްގައި ހިނގި މި ހާދިސާގައި ވެއްޓިފައި ވަނީ ދެ އިންޖީނުލީ ޓާބޯޕްރޮޕް 'އޭއެން-32' މަރުކާގެ މުދާ އުފުލާ ބޯޓެއް ކަމަށް އެއާފޯސް އިން މައުލޫމާތު ދެ އެވެ.
މި ހާދިސާގައި މަރުވި ފަސް މީހުންނަކީ ވެސް އިންޑިއާގެ އެއާފޯސްގައި މަސައްކަތް ކުރާ ސިފައިން ކަމަށާއި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ބޯޓު ވެއްޓުނު ސަރަހައްދުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ވެސް އެއާފޯސް އިން ބުނެފައިވެ އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް އާސާމްގައި އާންމު ތަމްރީނު ދަތުރެއްގެ ތެރެއިން 'ސުޚޯއީ އެސްޔޫ-30 އެމްކޭއައި' މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ވެއްޓި، އިންޑިއާ އެއާފޯސްގެ ދެ ޕައިލެޓަކު ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ