ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓު ނެރުން އަނެއްކާވެސް މެދުކެނޑި މާލީ ހިސާބުތައް ހާމަނުކުރާތާ ދެ ހަފުތާ ވާން ކައިރިވެއްޖެ އެވެ.
ފިނޭންސުން އެންމެ ފަހުން ވީކްލީ ފިސްކަލް ރިޕޯޓު ނެރުނީ ޖޫން 28، ގަ އެވެ. އެ ފަހަރު އާންމުކުރީ އެ މަހުގެ 19، އާ ހަމައަށް ހިނގާފައިވަ ހަރަދުތަކާއި ލިބުނު އާމްދަނީ ތަފުސީލެވެ. އެހެންކަމުން ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭ ދައުލަތުން ކުރި ހަރަދާއި ލިބުނު އާމްދަނީގެ ތަފުސީލު ސާފުވާނެ ގޮތެއް ނެތެވެ.
މިއީ މީގެ ކުރިން ހަފުތާއަކު އެއްފަހު ނެރުމުން އައި މާލީ ބަޔާންތައް ހާމަކުރުން މި ސަރުކާރުން ހުއްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މި ފަހުން އެކަން ރަނގަޅުކޮށް ވޭތުވެދިޔަ ދެތިން މަސް ދުވަހު އެ ހިސާބުތައް އުސޫލުގެ ތެރެއިން ނެރުމުން ދިޔަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މާލީ ހިސާބުތައް ނެރުމުގައި އެންމެ ބޮޑު ހުސްކަމެއް ދިޔައީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓު 29، 2024، އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތައް ސިއްރުކުރި އެވެ. އެ ހިސާބުތައް ހާމަކުރަން އެދުމުން އެ ދުވަސްވަރު ސަރުކާރުން އެތައް ބަހަނާއެއް ދެއްކި އެވެ.
އެ ފަހަރު ސަރުކާރުން މާލީ ހިސާބުތައް އާންމުކުރީ އެ ހިސާބުތައް އާންމުނުކޮށްގެން އިދިކޮޅު ޕާޓީތަކާއި ބައިނަލްއަގްވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ފިނޭންސުން އެންމެ ފަހުން ނެރުނު މާލީ ހިސާބުތަކުން ދައްކާ ގޮތުން ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި އަހަރުގެ މިހާތަނަށް ދޫކުރި ފައިސާ، މި އަހަރަށް ބަޖެޓު ކުރި ވަރަށް ވުރެ ދެ ގުނަ ވަނީ އިތުރުވެފަ އެވެ.
ސަރުކާރު ކުންފުނިތަކަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހިފައިވާ އެއް ސަބަބަކީ، ސަރުކާރުން ރޭވި ގޮތަށް ސަރުކާރު ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުން ކަނޑައެޅި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އަދި ސަރުކާރުގެ ހޯމް ގްރޯން ރިފޯމް އެޖެންޑާގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން، މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދުތައް ވެސް އިތުރުވިއިރު ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ކުރި ހަރަދު ވަނީ ބިލިއަނުން މަދުވެފަ އެވެ.
ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރާތާ ދެ ހަފުތާ ވަނީ ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރާތާ ދެ ހަފުތާ ވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ