ގޯލްޑް ކަޕުގެ ފުރަތަމަ ކޮލިފައިން ލާމުގައި ބާއްވަނީ
ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕްގެ އައު ފޯމެޓުގެ ދަށުން ބާއްވާ ފުރަތަމަ ކޮލިފައިން ލ. އަތޮޅުގައި ބާއްވަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލާމު އަތޮޅުގެ ކޮލިފައިން ބާއްވަނީ އެ އަތޮޅު ކައުންސިލާ ގުޅިގެންނެވެ. އެ ކޮލިފައިން މުބާރާތަކީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ލާމަސީލު ލާމު ފުޓްބޯޅަ މުބާރާތް ކަމަށް ނައިންޓީ ޕްލަސް ގޯލްޑް ކަޕުން މައުލޫމާތުދެއެވެ. ރޭ ސްޓާ ރެސްޓް ރެސްޓޯރެންޓްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި 90 ޕްލަސްގެ ކޯ ފައުންޑަރު އަހުމަދު ޝާޒްލީ އެއްބަސްވުމުގައި ސޮއިކުރިއިރު، ލ. އަތޮޅުގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީއެވެ. ލާމު ކޮލިފައިން މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޯގަސްޓްމަހުގެ އެއްވަނަ ދުވަހުއެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ މިފަހަރުގެ މުބާރާތް 28 ޓީމުގެ ފޯމެޓަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 18 ޓީމެއް ކަނޑައަޅަނީ އަތޮޅު ބުރުންނެވެ. މި ބުރުން ކޮލިފައިވާ ޓީމުތައް މާލޭގައި ބާއްވާ ބޮޑު މުބާރާތަށް ކޮލިފައިވާނެއެވެ. މި އަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ކަށަވަރުވެފައިވާ ޓީމުތަކަކީ، ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލުގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ. މީގެއިތުރުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީއަށް ހާއްސަ އިންވިޓޭޝަނެއް ދޭނެއެވެ. މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހަލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ދެ ވަނަ ބުރަށް ދަތުރު ކުރާނީ ގަދަ 16 ޓީމެވެ. ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ އޮޓޯއިން ކަށަވަރުވާނެ އެވެ. ދެން ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ދެ ޓީމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ