ރަސްމާލެ މަޝްރޫއަކީ ކޮރަޕްޝަން ފޮރުވާ ފަރުދާއެއް: އަމްރު

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވާ ގޮތުގައި ދިވެހިރާއްޖެ މިހާރުވެސް އޮތީ ބޮޑު ދަރަންޏެއްގައި ފުނޑިފައެވެ. އިގްތިސާދީ ދަރަޖަ (ކްރެޑިޓް ރޭޓިންގްސް) އޮތީ އެންމެ ދަށް ފެންވަރުގައެވެ. ރިޒާވްގައި ހުރި ފައިސާއިން ގަނެލެވޭވަރުވަނީ އެންމެ 6 ހަފްތާއަށްވާ އެންމެ އަސާސީ އިމްޕޯޓް މުދަލެވެ.
އަމްރު ވިދާޅުވާ ގޮތުގައި ރަސްމާލެ މަޝްރޫޢަކީ ކުރެވޭ ވަރަށް ބޮޑު މޮޔަކަމެކެވެ. އެއްވެސް ރޭވުމެއް، އެއްވެސް ހާމަކަމެއް ނެތި އިތުރަށްވާ ދަރަނިވެރިވުމެކެވެ. 
ރައްޔިތުން ބޭނުންވަނީ ހެޔޮ އަގުގައި ގެދޮރުވެރިކަމެވެ. ހުރިހާ ދިވެހިންވެސް ބޭނުންވަނީ ނަފާވެރި އިގްތިސާދެކެވެ.
ސަރުކާރުން ހެޔޮ ހިތުން ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދޭން ބޭނުންވާނަމަ، އެކަން ކުރުމަށް ގިނަ ގޮތްތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވެއެވެ. މާލެއާއި ގުޅާލެވޭގޮތަށް ހުރި ބިންތައް ތަރައްގީ ކޮށްގެން މާލެ ސަރަހައްދުގެ ހިޔާވަހިކަން ހައްލު ކުރުމަކީވެސް ފަސޭހައިން ކުރެވެން އޮތްކަމެކެވެ.
"މެގަޕްރޮޖެކްޓް" ގެ ނަމުގައި، އެއްވެސް ފައިދާއެއް ނެތި، ނުނިމި ހުއްޓިފައި ހުންނަ މަޝްރޫޢުތަކުގައި ދެމިތިބެވޭނެކަށް މިއަދު ރާއްޖެއަކަށް ނެތެވެ. އަމްރު ވިދާޅުވާ ގޮތުގައި ރަސްމާލެ ޕްރޮޖެކްޓް މަޝްރޫޢުތަކަކީ ހަމައެކަނި ބޮޑެތި ކޮރަޕްޝަންތައް ފޮރުވަން ހަދާފައިވާ ފަރުދާތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ