ޕީއެސްއެމްގެ ލޯގޯ ބޭނުންކޮށްގެން ބެޓިން ސައިޓްތައް އިޝްތިހާރު ކުރާ މައްސަލައެއް

‎ދައުލަތުގެ މީޑިއާ ހައުސް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ލޯގޯ ބޭނުންކޮށްގެން ބެޓިން ސައިޓްތައް އިޝްތިހާރު ކުރާ މައްސަލައެއް ފުލުހުން ބަލަން ފަަށައިފި އެވެ.
ފުލުހުން މިރޭ ބުނީ ޕީއެސްއެމް ލޯގޯއާ ބްރޭންޑް ބޭނުން ކޮށްގެން ބެޓިން ސައިޓްތައް އިޝްތިހާރު ކުރުމަށް އޭއައި އިން އުފައްދާފައިވާ ވީޑިއޯއާ އޯޑިއޯ ދައުރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
‎އެ މައްސަލައާ ގުޅިގެން އެކަން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ބެޓިން ސައިޓްތައް އިޝްތިހާރު ކުރުމަށް ޕީއެސްއެމްގެ ހަބަރުގެ ވީޑިއޯތަކަށް އޭއައި ބޭނުން ކޮށްގެން އޯޑިއޯ އަޅައިގެން ދަނީ އިޝްތިހާރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ