ސްމާޓް ހޯމް ބަންޑަލްއާއެކު އުރީދޫގެ ސުޕަނެޓް ތުޅާދުއަށް

ބ. ތުޅާދުއަށް އުރީދޫގެ ސުޕަނެޓް ތައާރަފުކޮށްފިއެވެ. އުރީދޫން ބުނީ، ސުޕަނެޓާ އެކު އަންލިމިޓެޑް ޑޭޓާ ޕެކޭޖުތައް ތުޅާދޫގެ އާންމުންނަށާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށެވެ. މި ޕެކޭޖުތަކުގެ ތެރޭގައި މަގްބޫލު ޝޯތައް ސްޓްރީމްކުރުމަށާއި، އޮންލައިން ގޭމް ކުޅުމާއި ވާޗުއަލް ކްލާސްތަކުގައި ބައިވެރިވުމަށް ޚާއްސަ ޕެކޭޖުތައް ހިމެނޭ ކަމަށާއި، ގޭތެރޭގެ އެންމެ އާދައިގެ ބޭނުންތަކުން ފެށިގެން ޗެޓްކުރުމާއި ބޮޑެތި ފައިލްތައް ޑައުންލޯޑުކޮށް ވީޑިއޯ ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ ބޮޑެތި ޕެކޭޖުތައް ހިމެނޭ ކަމަށް ވެސް އުރީދޫން ބުންޏެވެ. އުރީދޫން އިތުރަށް ބުނީ، ސުޕަނެޓާ އެކު ތުޅާދޫގައި އެ ނެޓްވޯކުގެ ކަސްޓަމަރުންނަށް ސްމާޓް ހޯމް ބަންޑަލްއެއް ލިބޭނެ ކަމަށާއި އެއީ ސްމާޓް ޑިވައިސްތައް ސުޕަނެޓް ކަނެކްޝަން މެދުވެރިވެގެން އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެއް ކަމަށެވެ. އުރީދޫން ބުނިގޮތުގައި ކޮންމެ އާ ސުޕަނެޓް ކަނެކްޝަނަކާ އެކު ކަސްޓަމަރުންނަށް ބަންޑަލް އޮފާއެއް ލިބި، ސެކިއުރިޓީ ކެމެރާއަކާއި ސްމާޓް ޑޯބެލް ފަދަ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައި، ކޮންމެ ތަނެއްގައި ހުރި ނަމަވެސް ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުވާނެއެވެ. އުރީދޫން ބުނީ، ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ސުޕަނެޓް ތައާރަފުކޮށް، ޑިޖިޓަލް ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދީ، އިގުތިސާދީ ކުރިއެރުމާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދީ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ހިތްވަރުދެމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ