އުއްމީދީ ބަދަލުން ހޯރަފުށީ ރައްޔިތުންނަށް ލިބެމުން އަންނަ ސަޕްރައިޒްތައް!

ހޯރަފުށީ ކައުންސިލްގެ ނައިބު އަހުމަދު އިމްދާހު ވިދާޅުވެ ދެއްވީ ހޯރަފުށީ ދާއިރާގެ އެމްޕީ އަލީ މޫސަގެ އުންމީދީ ބަދަލުތަކުން ރައްޔިތުންނަށް ލިބެމުން އަންނަ ސަޕްރައިޒްތަކުގެ ވާހަކަ އެވެ.އިމްދާހު މިހެން ވިދާޅުވީ ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުން 15 ޒުވާނުން ވަޒީފާ އިން ވަކި ކުރުމާއި ގުޅިގެން ނެވެ.އިމްދާހު ވިދާޅުވީ ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ބުރަ މަސައްކަތުން ވަޒީފާ ހޯދާދިން އެތައް އާއިލާއެއް ނިކަމެތި ކޮށްލީ މި ސަރުކާރުން ކަމަށެވެ."ގަސްތުގަ ރައްޔިތުންނަށް ދޭ އަނިޔާ ބަލައެއް ނުގަނެވޭވެ! ދޮގާ މަކަރާ ރައްޔިތުން ކުރިމަތީ ހަދާފަ ވެރިކަމަށް އައިސް ރައްޔިތުންނަށް އަނިޔާވެރިވުން ނޫން އިތުރު އެއްސް ކަމެއް ނުކުރޭ." އިމްދާހު ސޯޝަލް މީޑިއާގައި ލިއުއްވި އެވެ.ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީވެ އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ހޯރަފުށީގައި މިފަހުން ވަނީ މުޒާހަރާކޮށް އެ ދާއިރާގެ މެންބަރު އަލީ މޫސާގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ. ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމަކީ މި ސަރުކާރުން ހޯރަފުށީގެ އާއިލާ ތަކަށް ދިން ނިކަމެތި ކަމެއް ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރުމުން އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.ހޯރަފުށީގައި ގާއިމުކުރާ ބޮޓްލިން ޕްލާންޓަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ދަށުން ހޯރަފުށި ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލާ އެއްގޮތަށް އެރަށުގައި ގާއިމުކުރާ ފެން ބަންދުކުރާ ޕްލާންޓެކެވެ.އެ ޕްލާންޓު ހިންގުމަށް އެއްބަސްވެފައި އޮތީ ފެނަކަ އާއި ހޯރަފުށި ކައުންސިލް ގުޅިގެންނެވެ. ބޮޓްލިން ޕްލާންޓުގައި ހޯރަފުށި ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮވެ އެވެ. ބާކީ ހިއްސާ އޮންނަނީ ފެނަކަ ކޯޕަރޭޝަންގެ އެވެ.ބްޓޮލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމި މައްސަލައިގައި ޝަރީއަތަށް ދާން ނިންމާފައިވާ ކަމަށް ހޯރަފުށި ކައުންސިލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ