މީގެ ކުރިން ވެސް މައްސަލަތަކެއް ކުރިމަތިވި، 'ފަޒީސް ހިޖާމާ ކްލިނިކް'އިން ބަރުދަން ލުއި ކުރުމަށް ހިޖާމާ ޖަހާކަމަށް އިޝްތިހާރު ކުރުމުން، ހެލްތު މިނިސްޓްރީން އެކަން ބަލަން ފަށައިފި އެވެ.
ވީ ކިިހިނެއް؟ - ހުއްދަ ނެތި، ރަޖިސްޓްރީ ނުކޮށް ގަވައިދާ ހިލާފަށް ހިޖާމާ ޖެހުމުގެ މަސައްކަތް ކުރަމުންދާތީ ހުއްޓުވާފައި އޮތުމަށް ފަހު، އެ ކްލިނިކަށް ހުއްދަ ދީފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ ކްލިނިކްގެ ރަސްމީ ޕޭޖުން މިއަދު ވަނީ ހިޖާމާގެ އާ ހިދުމަތެއް ތައާރަފްކޮށް، އެކަން އިއުލާންކޮށްފަ އެވެ.
ތަފްސީލް - އޭގައި ބުނެފައިވާ ގޮތުގައި:
އެންމެ ހިޖާމާ ސެޝަނަކުން ތިންހަތަރު ކިލޯ ލުއިކޮށްލެވޭނެ
އޭނާ ބުނީ ކަސްރަތުކޮށް، ދުވަން ގޮސް ނުވަތަ ޑައިޓު ކުރުމަކާ ނުލައި ވެސް އެކަން ކުރެވޭނެ ކަމަށް
އެކަން ކުރަން ޖެހެނީ މަހަކު އެއް ފަހަރު ކަމަށާއި
އެންމެ ކިލޯއެއް ވެސް ލުއި ނުވެއްޖެ ނަމަ، ދެއްކި ފައިސާގެ އިތުރުން، އިތުރު 1،000 ރުފިޔާ ދޭނެ ކަމަށް
ހެލްތު މިނިސްޓްރީން ބުނީ މިއީ ސިއްހަތާ ގުޅުން ހުރި ކަމަކަށްވެފައި، ޒިންމާދާރުކަން ކުޑަގޮތަކަށް މި ފަދަ ވާހަކައެއް ފަތުރަމުންދާތީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް އަދި އެ ތަނަކުން ނުދެ އެވެ.
'ފަޒީސް ހިޖާމާ ކްލިނިކް' ހިންގަނީ ފަޒީލާ އުސްމާން ކިޔާ މީހެކެވެ.
އޭނާ ބުނި ގޮތުގައި، ހިޖާމާގެ ފަރުވާއަކީ ސުންނަތުން ސާބިތުވާ ކަމަށާއި އެއިން ހަގީގަތުގައި ވެސް ބަރުދަން ލުއި ކުރެވޭނެ ކަމަށެވެ. އަދި ބުރަ މަސައްކަތުން މީހަކު އެކަން ކާމިޔާބު ކުރީމައި، އެކަން ގަބޫލު ނުކުރުމަކީ އީމާންކަން ބަލިކަށިވެފައިވުން ކަމަށް ބުންޏެވެ.
"އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ އޮޅުވާލުމެއް މަކަރު ހެދުމެއް ނެތި ދޭ ހިދުމަތެކޭ މީ ގަބޫލު ކުރާ ފެންވަރަށް ހެކި ދެން ހިއްސާ ކުރެވޭނީ މީހަކަށް މިވަރަށް،" ފޭސްބުކްގައި އޭނާ ބުންޏެވެ.
އެނގުން މުހިއްމު - އެ ކްލިނިކްގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެކަމަކު ހުއްދަ ނުހޯދައި އެ މަސައްކަތް ކުރަމުން ދާތީ، ފުލުހުން މެދުވެރިކޮށް އެތަން ހުއްޓުވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އަދި ޑޮކްޓަރީ ބޭހުގެ ބަދަލުގައި ހިޖާމާ ޖަހައިގެން އެކި ކަހަލަ ބަލިތަކަށް ފަރުވާ ހޯދޭނެ ކަމަށް ބުނެ، އެ ވިޔަފާރި ހިންގާ ފަޒީލާ ކުރާ ޕޯސްޓުތަކަށް އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، މީގެ ކުރިން ވެސް އޭނާގެ މިފަދަ މައްސަލައެއް ފެންމަތިވި އެވެ.
ފަޒީލާގެ ހިޖާމާއިން ބަރުދަން ލުއިވާ ކަމަށް ބުނާ މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ