ގޫގުލް މީޓަށް ޖެމިނައިގެ މުޅިން އާ 2 ފީޗާއެއް އިތުރުކޮށްފި

އޮންލައިން މީޓިންތަކަށް ޚާއްޞަ އެޕްލިކޭޝަން ގޫގުލް މީޓަށް ޖެމިނައިގެ މުޅިން އާ ދެ ފީޗާއެއް އިތުރުކޮށްފިއެވެ. ގޫގުލްއިން އިޢުލާންކުރި ގޮތުގައި، ފުރަތަމަ ފީޗަރަކީ ގޫގުލް ވޯކްސްޕޭސް އެންޓަޕްރައިޒް އަދި ބިޒްނަސް އެކައުންޓުތަކަށް ޚާއްޞަ ފީޗަރެކެވެ. މި ފީޗަރުން މީޓިން ނޯޓުތައް ނެގުމުގެ ޤާބިލިއްޔަތުތައް އިތުރަށް ފުރިހަމަކޮށްދީ، ޖެމިނައި އޭއައިއިން "ދެން ކުރަންވީ ކަންތައްތަކުގެ" ޗެކްލިސްޓެއް ހުށަހަޅާދޭނެއެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހު ގޫގުލްއިން ފުރަތަމަ ތަޢާރަފްކުރި "ނޯޓުތައް ނަގައިދޭ" ފީޗަރަކީ މީޓިންގައި ދެކެވޭ ވާހަކަތައް ޓްރާންސްކްރައިބްކޮށް، އެ ވާހަކަތައް ފޯމެޓްކޮށްފައިވާ ޕެރެގްރާފްތަކަކަށް ޚުލާޞާކުރުމަށް އޭއައި ބޭނުންކުރާ ފީޗަރެކެވެ. މި ޚުލާޞާ ނެގުމަށްފަހު ގޫގުލް ޑޮކް ފައިލަކަށް އެޑްކޮށް، ހުރިހާ ބައިވެރިންނާއި ހިއްސާކުރެވެއެވެ. މިހާރު މި ޖެމިނައި ފީޗާ އަޕްގްރޭޑްކުރެވިފައިވެއެވެ. މީޓިންގައި ދެކެވޭ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ދެން ކުރެވިދާނެ ކަންތައްތަކުގެ ލިސްޓެއް ޖެމިނައިއިން މިހާރު އުފައްދާނެއެވެ. އަދި މީގެ އިތުރުން، އޭއައިއިން މުއްދަތު ޖަހައި، މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ބައިވެރިންނާއި ހަވާލުކުރާނެއެވެ. މި މަޢުލޫމާތު ވެސް ހަމަ އެ ގޫގުލް ޑޮކްގައި ޚުލާޞާގެ ތިރީގައި ދައްކާނެއެވެ. ގޫގުލްއިން ބުނިގޮތުގައި ޔޫޒަރުންނަށް މި ޓާސްކުތަކާއި ފޮލޯއަޕްތައް މުރާޖަޢާކޮށް، އެޑިޓްކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އައިޓަމެއް ނައްތާލުމަށް، މުއްދަތު ބަދަލުކުރުމަށް ނުވަތަ ހަވާލުކުރެވިފައިވާ ފަރާތް ބަދަލުކުރުމަށް މި ފީޗާ ބޭނުންކުރެވޭނެއެވެ. މީޓިން ނިމުމަށްފަހު ކުރަންޖެހޭ ކަންތައްތަކުގައި ހުރިހާ ބައިވެރިން އެއްބަސްވުމަށް މި އޭއައި-ޕަވަރޑް ފީޗަރުން އެހީތެރިވެދޭނެކަމަށް ގޫގުލްއިން ފާހަގަކޮށްފައިވެއެވެ. މި ފީޗާ ގޫގުލް ވޯކްސްޕޭސްގެ ބިޒްނަސް އަދި އެންޓަރޕްރައިޒް ސަބްސްކްރައިބަރުންނަށް ރޯލްއައުޓްކުރެވެމުންދާނެއެވެ. މީގެ އިތުރުން، ކުރިން ޖެމިނައި އެންޓަޕްރައިޒް ނުވަތަ "އޭއައި މީޓިންސް އެންޑް މެސެޖިން" އެޑް-އޮންސް ގަތް ފަރާތްތަކަށް ވެސް މި ފީޗާ ލިބޭނެއެވެ. ގޫގުލްއިން ގޫގުލް މީޓަށް އަނެއް ފީޗާއް ވެސް ރޯލްއައުޓްކުރަމުންދެއެވެ. ލައިވް ކެޕްޝަންތަކާއި ތަރުޖަމާކުރެވޭ ކެޕްޝަންތަކުގެ ފީޗާ އަޕްޑޭޓްކޮށް، ބޭނުންކުރާ ފަރާތްތަކަށް މިހާރު ފާއިތުވެދިޔަ 30 މިނެޓުގެ ވާހަކަތައް ބެލުމަށް ކެޕްޝަންތައް ސްކްރޯލްކުރެވޭނެއެވެ. މީގެ ކުރިން، ޔޫޒަރުންނަށް ބެލެނީ ހަމައެކަނި ރިއަލް-ޓައިމްކޮށް ދެކެވެމުންދާ ވާހަކަތަކުގެ ކެޕްޝަންތަކެވެ. މީޓިންގެއް ވަގުތީގޮތުން ދޫކޮށްލަން ޖެހިއްޖެނަމަ ނުވަތަ ކެޕްޝަންތައް ވަގުތުން ކިޔަން ނުލިބިއްޖެނަމަ، މީޓިންގެ ވަކި ބައެއް އަވަހަށް މުރާޖަޢާކުރުން މި އަޕްޑޭޓުން ފަސޭހަ ކޮށްދޭނެކަމަށް ގޫގުލްއިން ބުނެފައިވެއެވެ. މި ފީޗާ ގޫގުލް ވޯކްސްޕޭސް ބޭނުންކުރާ ހުރިހާ ފަރާތްތަކަށާއި، އަދި އަމިއްލަ ގޫގުލް އެކައުންޓް ބޭނުންކުރާ ފަރާތްތަކަށް ވެސް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ