އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް25ގެ މޮޑެލްތައް ދިރާގުން ރާއްޖޭގައި ލޯންޗުކޮށްފި
ދިރާގުން ސެމްސަންގް ގެލެކްސީ S25 ، S25 ޕްލަސް އަދި S25 އަލްޓްރާ ފޯނުތައް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.މި ފޯނުތައް ރާއްޖޭގައި ލޯންޗުކޮށްދެއްވީ ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު، ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަނެވެ.ދިރާގު ހެޑް އޮފީހުގައި ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި، އެ ފޯނުތައް ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް ވަނީ ފޯނުތައް ހަވާލުކޮށްފަ އެވެ.ގެލެކްސީ S25 ސީރީޒްއާ އެކު ސެމްސަންގުން ވަނީ އާ ފީޗާތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި، އޭއައި އެކުލެވޭ 'ލައިވް ޓްރާންސްލޭޓް'، 'ނޯޓް އެސިސްޓް' އަދި 'ޖެނެރޭޓިވް އެޑިޓް' ފާހަގަކޮށްލެވެ އެވެ. އެ ފޯންތަކުގައި ހިމެނޭ އިތުރު ފީޗާތަކަށް ބަލާއިރު، ފޯނުގައި ހިމެނޭ 200 މެގަޕިކްސެލްގެ ކެމެރާގެ ސަބަބުން ފޮޓޯ ކޮލިޓީ އިތުރަށް ރަނގަޅުވެ އެވެ. ފޯނުގައި ހިމެނޭ 5،000 އެމް.އޭ.އެޗްގެ ބެޓެރީ ސަބަބުން ގިނަ ވަގުތު ޗާޖު ހިފަހައްޓައި، ޗާޖު ކުރަން ނަގާ ވަގުތު މަދުވާނެ އެވެ.އެ ސީރީޒް ފޯނުތަކަކީ ގޭމްކުޅުން ފަދަ ހައި ސްޕީޑް ބޭނުންވާ ކަންކަމަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް 'ސްނެޕްޑްރެގަން 8 އެލީޓް ޗިޕް' ހިމަނައިފައިވާ ފޯނުތަކެކެވެ.އެ އިވެންޓްގައި ވާހަކަދައްކަވަމުން ދިރާގުގެ މިރުޝާން ވިދާޅުވި ގޮތުގައި، މިއީ އޭއައި ޓެކްނޮލޮޖީ މުޅި ދުނިޔެއަށް ފުޅާވަމުން އަންނަ ޒަމާނަކަށް ވާއިރު، އެންމެ ފަހުގެ އޭއައި ޓޫލްސް ހިމެނޭ ގެލެކްސީ S25 ސީރީޒް ފަދަ ވަރުގަދަ ޑިވައިސްތަކަށް އެއާ އެކަށީގެންވާ ވަރުގަދަ ނެޓްވޯކެއް ވެސް ބޭނުންވެ އެވެ.އޭނާ ވިދާޅުވީ އެ ފޯނުތަކަށް އެންމެ އެކަށީގެން ވަނީ ރާއްޖޭގެ އެންމެ ހަލުއި މޮބައިލް ނެޓްވޯކް ކަމުގައިވާ ދިރާގުގެ ނެޓްވޯކު ކަމަށެވެ.ދިރާގުން ދަނީ ރާއްޖޭގެ އާބާދީގެ %60 އަށް 5G ނެޓްވޯކް ފޯރުކޮށްދެމުންނެވެ.މިރުޝާން ވިދާޅުވި ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިއަށްވުރެ ވެސް ރަނގަޅުކޮށް، ޑިޖިޓަލް ދުނިޔޭގައި ކުރިއަށް ދިއުމަށް ކަސްޓަމަރުން ބާރުވެރި ކުރުމަށް ނެޓްވޯކް އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.ސެމްސަންގް ސްރީ ލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު، ސެންގްވާ ސޯންގް ވިދާޅުވީ ރާއްޖޭގައި ސެމްސަންގް ފޯން ބޭނުންކުރާ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މި ސަރަހައްދުގެ ކަސްޓަމަރުންނަށް ސެމްސަންގުގެ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ