މާލޭގެ މަގެއްގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ފެނުނީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމެންޓުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
ސައިކަލެއްގެ މަޑިދަށުން މަސްތުވާތަކެތި ފުލުހުން ހޯދީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން މިހައިތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ނަމަވެސް މަސްތުވާތަކެތި ފެނުނު ސައިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ