ޞަދަޤާތް ކުރާއިރު ސަމާލުކަންދޭންޖެހޭ ބައެއް އަދަބުތައް: ޝެއިޚް މުހައްމަދު ސިނާން

ޢާއިޝަތު ރަފާޙް ޢަލީ
 
ޞަދަޤާތް ކުރުމުގައިވެސް އަދަބުތަކެއް ވެއެވެ. ލިބެންޖެހޭ ފުރިހަމަ ޘަވާބާއި ދަރުމަ ލިބެން އޮތީ އެކަންކަމުގެ މައްޗަށް ސަމާލުކަން ދެވުނު ވަރަކުންނެވެ.  
މާތް ﷲގެ މަގުގައި ޞަދަގާތް ކުރުމަކީ ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ. އާޚިރަތުގައި އެކަމުގެ ފަލާހާއި ކާމިޔާބު ލިބެނިވި ކަމެކެވެ. ހިތަށް ވެސް އުފާވެރިކަން ގެނެސްދޭ ކަމެކެވެ.  
ތިރީގައި މި ބަޔާން ކޮށްލަނީ ޞަދަގާތް ކުރުމުގެ ބައެއް އަދަބުގެ މައްޗަށެވެ.  
·  ނިޔަތް ޚާލިސްކޮށް ދެއްކުންތެރިކަމުން ދުރުވެގަތުން 
·  ހަލާލު ރަނގަޅު މުދަލުން ހޭދަކުރުން: ﷲ ތަޢާލާ ބަގަރާ ސޫރަތުގެ 267 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ‏ يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُم مِّنَ الْأَرْضِ ۖ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِآخِذِيهِ إِلَّا أَن تُغْمِضُوا فِيهِ ۚ وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ ‎﴿ މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެދެއްވި ތަކެތިންވެސް މެއެވެ. އަދި، އެއިން ހޭދަކުރުމަށްޓަކައި، ދެރަ ތަކެތި قصد ނުކުރާށެވެ! ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭ މީހުން ކަމުގައިވާނަމަ) އެ ތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން ނޫނީ އެ ތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނޫއެވެ. ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! ("  
·  ސަދަގާތްކުރުމުގައި ގާތްތިމާގެ މީހުންގެ ތެރެއިން ބޭނުންޖެހިފައިވާ މީހުންނަށް ސަދަގާތްކުރުމަކީ މަތިވެރިކަމެއްކަން 
·  ސަދަގާތް ސިއްރުކުރުން: 
މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. ‏ إِن تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّئَاتِكُمْ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ ‎﴿٢٧١﴾‏މާނައީ:" (واجب ނޫން) صدقات ތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ صدقات ތައް فقير ންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި، އެއީ، ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ފުއްސަވާނޭ ކަމެކެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. "
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ