މިއަހަރުގެ ޙައްޖަށް 1.5 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކުން ސަޢޫދީ ޢަރަބިއްޔާއަށް ގޮސް ތިބިކަމަށް ސައޫދީ ސަރުކާރުގެ ތަރުޖަމާނެއް ބުނެފިއެވެ.
ޙައްޖަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. އެއީ ކޮންމެ މުސްލިމަކުވެސް މާލީ ގޮތުން ކުޅަދާނަވެ، ޖިސްމާނީ ގޮތުން ކުޅަދާނަވާނަމަ އަދާކުރަންޖެހޭ ދީނީ އަޅުކަމެކެވެ.
ސައޫދީ ޙައްޖު މިނިސްޓްރީގެ ތަރުޖަމާނު ޣައްސާން އަލް-ނުވައިމީ ވިދާޅުވީ މިއަހަރުގެ ޙައްޖަށް ސައޫދީން ބޭރުން އައި ޙައްޖުވެރިންގެ ގާތްގަނޑަކަށް އަދަދެކެވެ. އޭނާ ސައޫދީގެ ޙައްޖުވެރިންގެ އަދަދު ހާމަކުރައްވާފައެއް ނުވެއެވެ.
ނުވައިމީ ވިދާޅުވިގޮތުގައި މި އަހަރުގެ ހައްޖަށް ސައޫދީން ބޭރުން 1,611,310 ޙައްޖުވެރިން އަރަފާތު ބިމަށް ހާޒިރުވިއެވެ.
ނުވައިމީ ވިދާޅުވިގޮތުގައި ބުދަ ދުވަހު ޙައްޖުވެރިން ޢަރަފާތަށް ދަތުރުކުރިއިރު އެތާނގެ ފިނިހޫނުމިން ހުރީ 40 ޑިގްރީ ސެލްސިއަސް (104 ޑިގްރީ ފެރެންހައިޓް) ގައެވެ.
ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބިލިއަން ޑޮލަރުން ހޭދަކޮށްފައެވެ. ނަމަވެސް ގިނަ އަދަދެއްގެ ޙައްޖުވެރިން އެއްތަނެއްގައި އުޅެން ޖެހިފައިވާތީ، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ފަހަކަށްއައިސް ޙައްޖުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ހޫނުގަދަވުމެވެ.
މިއަހަރުގެ ޙައްޖަށް 1.5 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިން ސަޢޫދީ އަށް ދިޔަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ