އެމްޓީސީސީ އިން ހިއްސާއަކަށް ދެ ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީ އިން ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
އެމްޓީސީސީ އިން ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވި އެވެ. މި ހިއްސާދާރުންގެ ވޯޓުން ވަނީ އެ ކުންފުނީގެ ބޯޑުން ނިންމި ގޮތަށް ހިއްސާއަކަށް ދެ ރުފިޔާ ބަހަން ފާސްކޮށްފަ އެވެ. 
ސަރުކާރުގެ ޕީއެސްއައިޕީ ގިނަ މަޝްރޫއުތަކެއް ހިންގާ ސަރުކާރު ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 45 މިލިއަން ރުފިޔާ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ލިބުނު 97 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 52 ޕަސެންޓް ދަށްވުމެކެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ގެއްލުންވެފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތައް އެ ކުންފުންޏަށް ހަވާލުކުރި އަދަދު މިދިޔަ އަހަރު މަދުވުމުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ