މާލޭގައި ގޮވާމުން ފިތުރުޒަކާތް ބަލައިގަންނަން ފަށައިފި

މާލެ ސިޓީގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ފަށައިފިއެވެ.
ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނަން ފަށާފައިވަނީ، މާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ސެންޓަރުންނެވެ. ޒަކާތު ހައުސްއިން ބުނީ، މާލޭގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނަމުންދާނީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
-  14 އަދި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް
- 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް. އަދި 13:00 އިން 15:00 އަށް
ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަންނާނީ ހަ ބާވަތެކެވެ. އެއީ
* އާދައިގެ ހަނޑޫ
* ތައިލެންޑް ހަނޑޫ
* ބާސްމަތީ ހަނޑޫ
* ރަތް ހަނޑޫ
* ގޮދަން ފުށް
* އާޓާ ފުށް
ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމުގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ އަހަރުތަކުގައިވެސް ގޮވާމުން ފިތުރު ޒަކާތް ވަނީ ބަލައިގަނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ