އީރާނުގެ މައި ތެޔޮ ބަނދަރު އަދި އެގައުމުގެ އިގުތިސާދީ މައިބަދަ ކަމަށްވާ ހާގް އައިލެންޑުގައި ހުންނަ އަސްކަރީ އެސެޓްތަކަށް އެމެރިކާ އިން ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
އީރާނުގެ އައްސޭރިފަށާ 16 މޭލު ދުރުގައި އަދި ހޮރްމޫޒް ކަނޑުއޮޅިއާ 300 އެއްހާ މޭލު ދުރުގައި އޮންނަ ހާގް އައިލެންޑަކީ އީރާނުން ބޭރުކުރާ ތެލުގެ 90 ޕަސެންޓް ފޮނުވާ ރަށެވެ.
ހާގް އައިލެންޑުގައި ހުރި ހުރިހާ އަސްކަރީ އަމާޒުތަކަށް ބޮން އެޅި ކަމަށް ޓްރަމްޕް ބުނި ނަމަވެސް ތެޔޮ ރައްކާކޮށްފައި ހުރި އެއްވެސް ތަނަކަށް ބޮން އަޅާފައިނުވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާއި އީރާނުގެ ދައުލަތުގެ މީޑިއާ އިންވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު އަމާންކަމާއެކު ދަތުރުކުރުމަށް އީރާނުން ނުވަތަ އެހެން ފަރާތަކުންވެސް ހުރަސްއަޅައިފިނަމަ, އީރާނުގެ ހަކަތައިގެ ސިނާއަތުގެ ވަސީލަތްތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ.
އީރާނުގެ މައި ތެޔޮ ބަނދަރު, ހާގަށް އެމެރިކާއިން ބޮން އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ