މެދު އިރުމަތީގެ ހަނދުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުތަކުގެ ސަބަބުން، ޖެޓް ފިއުލްގެ އަގު އުފުލި އޭޝިއާ ސަރަހައްދުގެ އެއާލައިންތަކުން ޓިކެޓްގެ އަގު ބޮޑުކޮށް، ފިއުލް ސާޗާޖު އިތުރުކުރަން ފަށައިފިއެވެ.
ދުނިޔޭގެ ގިނަ އެއާލައިންތަކުން ވަނީ ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ފިއުލް ސާޖާޗު ބޮޑުކުރަން ޖެހިފައިވާކަން އިއުލާނުކޮށްފަ އެވެ. އެގޮތުން ގިނަ ދިވެހިން ދަތުރު ކުރަމުންދާ އިންޑިއާގެ އެއާލައިނެއް ކަމަށްވާ އިންޑިގޯ ވެސް ހިމެނެ އެވެ.
އަދި އެއާ އޭޝިއާ އިން ވެސް ވަނޯ ބާޒާރުގެ ހާލަތު މޮނިޓާ ކުރަމުން ދަތުރުގެ އަގުތައް ބޮޑުކޮށް، ފިއުލް ސާޗާޖު ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ޑޮމެސްޓިކް އަދި ސަރަހައްދީ ރޫޓުތަކުން 399 ރުޕީސްގެ ސާޗާޖެއް ނަގާއިރު، ދެކުނު އިރުމަތީ އޭޝިއާ އަށް ކުރާ ދަތުރުތަކުން 60 ޑޮލަރަށް އަދި އެފްރިކާގެ ރޫޓުތަކުން 90 ޑޮލަރަށް ސާޗާޖު އަރާނެ ކަމަށް ވެއެވެ.
ހޮންކޮންގް އެއާލައިންސް އިން ވެސް ވަނީ ރާއްޖެ، ނޭޕާލް އަދި ބަންގްލަދޭޝް ފަދަ މަންޒިލްތަކަށް ކުރާ ދަތުރުތަކުން ނަގާ ފިއުލް ސާޗާޖު 35 ޕަސެންޓް ބޮޑުކޮށްފައެވެ. މީގެ އިތުރުން ކުއަންޓަސް އިން ބައިނަލްއަގުވާމީ އަގުތައް އެވްރެޖްކޮށް 5 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު، ތައި އެއާވޭސް އިން ވަނީ ޔޫރަޕްގެ ރޫޓުތަކުގެ އަގު 10 އާއި 15 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ބޮޑުކުރަން ނިންމާފައެވެ.
އަދި ރާއްޖޭގައި ވެސް ވީއައިއޭ އިން ވިއްކާ ޖެޓް ފިއުލްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ.
މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ކުއްލިއަކަށް އުފުލި، ގަލްފުގެ ގައުމުތަކުގައި ދަތުރުފަތުރަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ތެލުގެ އަގު ބޮޑުވެގެންދާނަމަ ކުރިއަށް އޮތްތަނުގައި ވައިގެ ދަތުރުފަތުރުގެ އަގުތައް ދެ ގުނަ ވާނެ ކަމަށް ލަފާ ކުރެވެއެވެ. ތެލުގެ އަގަށް ބަލާއިރު ފީފާއެއްގެ އަގު މިހާރު ވަނީ 110 ޑޮލަރަށް އަރާފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. މި ހަމަލާތައް ދީފައި ވަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު ހާސިލުކުރަން އުޅޭ ކަމަށް ބުނެއެވެ.
ތެލުގެ އަގު އުފުލުމާއެކު ރާއްޖެއާ ދެމެދު ދަތުރުކުރާ އެއާލައިންތަކުގެ ޓިކެޓު އަގު ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ