ގެއްލުނު 18 އަހަރުގެ ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު
މާލެއިން ގެއްލިގެން ހޯދަން އިއުލާނު ކުރި 18 އަހަރުގެ ޒުވާނާ މިހާރު ފެނިފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދު 13:00 ހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އޭނާ ހޯދީ ރޭ ގެއިން ނިކުތް ގޮތަށް ޚަބަރެއް ވެފައިނުވާތީ އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެނެވެ. މިރޭ ގާތްގަނޑަކަށް 12:15 ހާއިރު ފުލުހުން ވަނީ އޭނާ ފެނިފައި ވާކަމަށް ބުނެފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ވެއެވެ. އާންމުކޮށް ގެއްލިގެން ހޯދާ މީހުންގެ ވަނަވަރު ފުލުހުން އާންމުކުރެއެވެ. ނަމަވެސް، މިއަދު ގެއްލިގެން ހޯދި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހޯދަނީ އައިޝަތް ލަމްޔާ ނަމަކަށް އަންހެނެކެވެ. އޭނާގެ އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ވެސް ވަނީ އޭނާ ގެއްލުނުކަން ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ