ހުއްދައާއި ރަޖިސްޓްރީ ނެތި އިންވެސްޓްމެންޓްތައް ހިންގާ މީހުންނަށް ސަމާލުވާން ސީއެމްޑީއޭއިން އެދިއްޖެ

ސައްޙަ
ހުއްދައާއި ރަޖިސްޓްރީ ނެތި އިންވެސްޓްމެންޓްތައް ހިންގާ ފަރަތްތަކަށް
ސަމާލުވުމަށް ކެޕިޓަލް މާކެޓު ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
ސީއެމްޑީއޭއިން
އިން ނެރުނު އިއުލާނެއްގައި ބުނީ ކަމާ ބެހޭ ގަވައިދުތަކުގެ ހުއްދައާ ނުލައި މާލީ މުދަލާއި
ޚިދުމަތްތައް ވިއްކާ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު އެ އޮތޯރިޓީގެ
ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެފަދަ ކަންކަން
ހިންގޭނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނުގެ ދަށުން، އެ އޮތޯރިޓީގެ
ހުއްދައާއެކުގައެވެ. އެހެންކަމުން، މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް، އެފަދަ
ސްކީމްތަކުގައި ބައިވެރިވުމަށް ލިބޭ ދައުވަތުތަކާމެދު ސަމާލުވުމަށް އެ
އޮތޯރިޓީން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އިންވެސްޓު ކުރުމަށް ނިންމުމުގެ ކުރިން،
އިންވެސްޓް ކުރުމަށް ދައުވަތުދޭ ފަރާތަކީ އެ އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ފަރާތެއްތޯ
ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
Advertisement
މީގެ
އިތުރުން، ހުއްދައާއި ރަޖިސްޓްރީ ނުލިބި ފައިސާ އިންވެސްޓުކޮށްގެން ފައިސާ ލިބޭނެ
ކަމަށް ދައްކައިގެން އިންވެސްޓްމެންޓްތައް ހިންގާ ފަރާތްތައް ރިޕޯޓުކުރުމަށް ވެސް
ސީއެމްޑީއިން ވަނީ އެދިފައެވެ.
ސީއެމްޑީއޭގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ފެންނަން ހުންނައިރު، އެ އޮތޯރިޓީގެ ނަންބަރު 3336619 ފޯނާ ގުޅުއްވައިގެން އޮޅުންފިލުވޭނޭކަމަށް ސީއެމްޑީއޭއިން ބުނެއެވެ. އެ އޮތޯރިޓީން ވަނީ ހުއްދަ ނެތި މި ފަދަ ސްކީމްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް، ނުވަތަ ޝަކުވާ ހުށަހެޅުމަށް މެއިލް ކުރުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ