ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގައި މަސައްކަތްތެރިންގެ ހައްގުގައި ބާއްވާ މޭ ޑޭ ރެލީގެ ހިނގާލުމަށް ދީފައި އޮތް ހުއްދަ ފަހު ވަގުތު ބަދަލުކޮށް އެ ރެލީ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދިނުމުން ރޫޓު ބަދަލުކޮށް ފަށައިފި އެވެ.
ރާއްޖޭގެ އެކި ސިނާއަތްތައް ތަމްސީލުކުރާ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވަމުން އަންނަ ރެލީ އެންމެ ފުރަތަމަ ހުއްދަ ދީފައި އޮތީ މަޖީދީ މަގުގެ އެއް ލޭނުން ހިނގާފައި ދިޔުމަށެވެ. އެއީ ރަސްފަންނުން ފަށައި އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށެވެ.
ރެލީއަށް ތައްޔާރުވެ ހިނގައިގަތުމާ އެކު ބެރިކޭޭޑު ޖަހައި ވަނީ ރެލީއަށް ހުރަސް އަޅާފަ އެވެ. ފުލުހުން ހުއްދަ ބަދަލުކުރީ ކުއްލި ގޮތަކަށް ކަމަށް އިންތިޒާމު ކުރާ މީހުން އަންނަނީ ބުނަމުންނެވެ. އަދި ފުލުހުން ޣައިރު ގާނޫނީ އޯޑަރަށް ތަބާނުވުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
"މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރެލީ، އަމީނީ މަގުން ކުރިއަށް ގެންދިއުމުގެ ހުއްދަ އެކަން އިންތިޒާމް ކުރާ ފަރާތްތަކަށް ވާނީ ދީފައި. އަދި ރެލީއަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެ ކަމަށް މަގުފަހިކޮށްދޭނެކަން ވެސް އެފަރާތަށް ވާނީ އަންގާފައި،" ފުލުހުން ވަނީ ބުނެފަ އެވެ.
އެއާއެކު ފުލުހުން އިންޒާރު ދެމުންދާތީ ރެލީ އަމީނީ މަގުން ކުރިއަށްގެންދިޔުމަށް ނިންމައި ވަނީ ފަށާފަ އެވެ.
ރިސޯޓު މަސައްކަތެރިންނަށް ތުނބުޅި ބެހެއްޓޭނެ ގަވާއިދު ހެދުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުން ގޮވައިލަމުންދާއިރު، ޑްރައިވާސް އެސޯސިއޭޝަނުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތް މި ސަރުކާރުން ނެތިކޮށްލާފައިވާ ކަމަށް ގޮވައިލަމުންނެވެ.
މޭ ޑޭ ރެލީގެ ހުއްދަ ފަހު ވަގުތު ބަދަލުކުރުމުން ހިނގާލުން އަމީނީ މަގަށް ބަދަލުކޮށްފި މޭ ޑޭ ރެލީގެ ހުއްދަ ފަހު ވަގުތު ބަދަލުކުރުމުން ހިނގާލުން އަމީނީ މަގަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ