ރ. ހުޅުދުއްފާރު ހެލްތް ސެންޓަރުގައި ޤާއިމްކުރާ ރޭމްޕް އެޅުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ރ. ހުޅުދުއްފާރު ހެލްތް ސެންޓަރުގައި ބޭނުންކުރާ އުޅަނދުތައް ދޮވެ މަރާމާތްކުރުމުގެ މަސައްކަތަށް ބޭނުންވާ ރޭމްޕް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މި މަސައްކަތުގެ އިތުރުން އާރުޑިސީން ގެންދަނީ، އެކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހއ.ދިއްދޫގައި ކައުންސިލްގެ ލައިސެންސް ޓްރެކް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އާރްޑީސީއިން ދަނީ ރާއްޖޭގައި ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ވަނީ މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ނިންމާލާފައެވެ.
ރަށްރަށުގެ އުމްރާނީ މަސައްކަތްތަކުގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގެ އިޖުތިމާއީ ކަންކަން ކުރުމަކީވެސް އާރުޑީސީން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.
ހުޅުދުއްފާރު ހެލްތް ސެންޓަރުގައި ޤާއިމްކުރާ ރޭމްޕް އެޅުމުގެ މަސައްކަތް އާރުޑިސީން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ