މި ރޯދަ މަހު ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ ލިބޭ ފުރުސަތެއް ހުޅުވާލާފައިވާ ކަމަށް ބުނެ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ނަމުގައި ސްކޭމް މެެސެޖެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވާން އެމަނިކުފާނު އިލްތިމާސް ކުރައްވައިފި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އެމަނިކުފާނުގެ އޭއައި ފޮޓޯއެއް އަކާއި ސުވާލަކާއި ލިންކެއް ހިމެނޭ ސްކޭމް މެސެޖެއް ބަޔަކު ދަނީ ފޮނުވަމުންނެވެ. އެއީ އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް އަދި ސައްހަ ނޫން މުއާމަލާތެއް ކަން ފާހަގަ ކުރެއްވި އެވެ.
ގާސިމް ވަނީ މިފަދަ ސްކޭމަރުންގެ ސަބަބުން އެތައް ބައެއްގެ ވަގުތު ބޭކާރުވެ، އެތައް ބަޔަކަށް ދެރަ ނިކަމެތި ގޮތްތައް ދިމާވަމުންދާތީ އެކަމަށް ވަރަށް ސަމާލުވާން އިލްތިމާސް ކުރައްވާފަ އެވެ. ގާސިމް ވަނީ މިފަދަ ނޭންގާނީ ޢަމަލުތަކުން ދިވެހި މުސްލިމު މުޖުތަަޢު ސަލާމަތްކޮށް ދެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
ސްކޭމަރުން ދަނީ އެކި ގޮތްގޮތުން ހީލަތް ހަދައިގެން މީހުންގެ އަތުން ފައިސާކޮޅު ފޭރި ގަންނަމުންނެވެ. އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
ގާސިމް ފަރާތުން ބައިލައްކަ ލިބޭ ފުރުސަތެއް ކަމަށް ބުނެ ސްކޭމް މެސެޖެއް ދައުރުކުރަނީ، ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ